ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، ވިލިފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު އެހުންނެވީ އަމިއްލަފުޅަށްވެސް އޮޅިވަޑައިގެންފައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙުސައިން ޝަހީމް، އަނދުން ހުސައިން މެންބަރު އަފީފަށް ރައްދު ދެއްވައިފިއެވެ.
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް، މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް އެމްޑީޕީގެ "މެއި ހައެއް" ކޮމިޓީގެ މުޤައްރިރު، ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރޭ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މެންބަރު ޝަހީމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއްވެސް މެންބަރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެވާގޮތަކީ އެބޭފުޅަކު އަމިއްލައަށް އޮޅުނީ ކަމަށެވެ.
ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މެންބަރު އަފީފް ވިދާޅުވީ ރައީސް ޞާލިހް މިހާރު ޢަދާލަތު، ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް މާ ބޮޑު ކަމެއް ނުވާ ކަމަށާއި ރައީސް ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށް އަފީފު ވިދާޅުވިއެވެ.
ރޭގެ ޕްރޮގްރާމްގައި އަފީފް އިތުރަށް ވިދާޅުވީ، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓީގެ މެންބަރުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ރައީސް ޞާލިހާއި ދެމެދު ހިނގަމުންދާ ސިޔާސީ ދެބަސްވުންތަކުގެ ސަބަބުން އެމްޑީޕީ ދެފެކްޝަނަށް ބެހިފައިވާއިރު އަފީފު މީގެކުރިން ފާހަގަ ވެފައި ވަނީ ރައީސް ޞާލިހަށް ތާއީދު ކުރަށްވާ ބޭފުޅެއްގެ ގޮތުގައެވެ. ބުނެވޭ ގޮތުގައި ރައީސް ނަޝީދާއި ރައީސް ޞާލިހުގެ ޚިޔާލު ތަފާތުވުންތައް ފުރަތަމަ ފެންމަތިވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވުމުގައި އެމްޑީޕީގެ އެތެރޭގައި ކުރެވުނު މަސައްކަތް ތަކުގައި އަފީފު އެމަގާމަށް ގެނައުމަށް ރައީސް ޞާލިހު މަސައްކަތް ކުރެއްވި ހިސާބުންނެވެ. މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީދާއިރާގެ ޓިކެޓް އަފީފަށް ލިބިވަޑައިގެންނެވީވެސް ރައީސް ޞާލިހު ތާއީދާއެކުގައި ކަމަށް އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ވިދާޅުވެއެވެ.
ނަމަވެސް މިފަހުން ޕާޓީގެ އެތެރޭގައި ހިނގާދިޔަ ޚިޔާލުތަފާތުވުން ތަކުގެ ތެރެއިން އަފީފު ފެނިގެން މިދިޔައީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެއްގެ ގޮތުގައެވެ. އަދި ސީދާ ރައީސް ޞާލިހަށް އަމާޒުކޮށް މިހާތަނަށް އެމްޑީޕީގެ އެހާ ދުވަސްވީ މެންބަރަކު ވިދާޅުނުވާ ފަދަ މަލާމާތުގެ ބަސްތައް އަފީފު ވިދާޅުވުން ވެގެން ދިޔައީ ގިނަ ބައެއްގެ ފާޑުކިއުން އޭނާއަށް އަމާޒުވެގެން ދިޔަ ކަމަކަށެވެ.

ކިޔުންތެރިންގެ ހިޔާލު