ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓެއް
ރާއްޖޭގެ ޑޮމެސްޓިކް އެއަރޕޯޓެއް
ކޯވިޑް ވެކްސިން ޖަހާފައިނުވާ މީހުންނަށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ހިދުމަތް ނުލިބޭގޮތަށް ހެދުމަށް ސަރުކާރުން މަޝްވަރާ ކުރަން ފަށައިފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސަރުކާރުން މި ނިންމުމަށް އަމަލުކުރަން ފަށާނީ އަންނަ ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ކަމާއި ގުޅޭ އިތުރު މައުލޫމާތެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމައެއްނުކުރެއެވެ.

އެޗްޕީއޭ އިން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެއެވެ. އަދި ބަލި އުޅޭ ރަށަކުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ދަތުރުކުރާ ނަމަ ކަރަންޓީންވާން ޖެހޭ ޖެހުމަށް ބަދަލެއް ނާންނާނެ ކަމަށާއި, ކަރަންޓީނު ވުމަށް ފަހު ނަގާ ރިލީޒް ސާމްޕަލް ދެން ނެގޭނީ އަމިއްލަ ޚަރަދުގައި ކަމަށް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން