ރާއްޖޭގައި އެކިކަހަލަ އަނިޔާ ލިބުނު މީހުންގެ 10 އިންސައްތައަށްވެސް އިންސާފު ނުލިބޭކަމަށް ޤާނޫނުގައި ބުނާ ޢަދަދަށް މެންބަރުން ހަމަނުވުމުން މިހާރު އުވާލާފައިވާ ސޯޝަލް ލިބަރަލް ޕާޓީގެ ލީޑަރ އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެ، އެ ޕާޓީގެ ރައީސްކަންވެސް ކުރެއްވި އިބްރާހިމް އިސްމާޢީލް (އިބްރާ) ވިދާޅުވީ، ރާއްޖޭގައި އެތައްބަޔަކު މަރައި، ވަގަށް ނަގައި، ގެއްލުވާލައި، ރޭޕްކޮށް ހަދާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން 10 އިންސައްތަ މީހުންނަށްވެސް އިންސާފު ލިބިފައި ނުވާކަމަށް އިބްރާ ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށް އިންސާފު ނުލިބޭކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އިބްރާ ވިދާޅުވީ، ރާއްޖޭގައި ހިންގާފައިވާ އެހެން ޖަރީމާތަކާ ޚިލާފަށް ރައީސް ނަޝީދަށް ޙަމަލާ ދިން މީހުން ވަރަށް އަވަހަށް ހޯދާފައިވާ ކަމަށެވެ.
"އަންނި ވެސް މަރުނުވީ ހަމަ ކިރިޔާ. އަންނިއަށް ޙަމަލާ ދިން މީހުން ނަސީބަކުން ވަރަށް އަވަހަށް ހޯދިއްޖެ." އިބްރާ ވިދާޅުވެފައިވެއެވެ.
އިބްރާ އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުންގެ އެ ޤާބިލްކަން އެބަހުރި ކަމަށާއި، އެހެން ކަމުން ރާއްޖޭގައި މަރާލާފައިވާ އެހެންމީހުންވެސް މެރި މީހުން ހޯދަންޖެހޭ ކަމަށެވެ.
ޓެރަރިޒަމާއި ދެކޮޅަށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ރަައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މޭރުމުން ރައީސް ނަޝީދު ވިދާޅުވުުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެެވެ. މިމައްސަލައިގައި ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެމަނިކުފާނަކީ އިންސާފުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތު ކުރަށްވާ ބޭފުޅަކަށް ވާތީއެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ މެއި ހަވަނަ ދުވަހުގެރޭ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބަޔަކުވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު، އޭޑީކޭގައި ރައީސް ނަޝީދު 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. އަދި އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައި އުޅުއްވުމަށްފަހު މިވަގުތު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
އެ މައްސަލާގައި މިހާތަނަށް 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.

Mi raajjeygai ethah bayaku marai, vagah nagai, gelluvaalai, rape koh hadhaifi. Eyge 10% ahves insaaf nulibey.
— Ibra - Unapologetically for Justice (@ibramandhu) August 7, 2021
Anni ves marunuvee hama kiriyaa. Anni ah hamalaa dhin meehun naseebakun varah avahah hoadhijje.
Fulujunge qaabil kan ebahuri. Ehen meehun meri meehun hoadhabala.
އިބްރާ އިތުރަށް ވިދާޅުވީ، ދިވެހި ފުލުހުންގެ އެ ޤާބިލްކަން އެބަހުރި ކަމަށާއި، އެހެން ކަމުން ރާއްޖޭގައި މަރާލާފައިވާ އެހެންމީހުންވެސް މެރި މީހުން ހޯދަންޖެހޭ ކަމަށެވެ.
ޓެރަރިޒަމާއި ދެކޮޅަށް އެއްފަހަރާ ގިނަ ބަޔަކު ހައްޔަރުކުރަންޖެހޭ ކަމަށް ރަައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެ މޭރުމުން ރައީސް ނަޝީދު ވިދާޅުވުުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެެވެ. މިމައްސަލައިގައި ރައީސް ނަޝީދަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވީ އެމަނިކުފާނަކީ އިންސާފުން ބޭރުން މީހުން ހިފާ ހައްޔަރު ކުރުމާ ދެކޮޅަށް ފެށުނީއްސުރެ ވަކާލާތު ކުރަށްވާ ބޭފުޅަކަށް ވާތީއެވެ.
ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ މެއި ހަވަނަ ދުވަހުގެރޭ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބަޔަކުވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު، އޭޑީކޭގައި ރައީސް ނަޝީދު 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރެއްވިއެވެ. އަދި އިތުރު ފަރުވާއަށް ޖަރުމަން ވިލާތުގައި އުޅުއްވުމަށްފަހު މިވަގުތު އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތުގައެވެ.
އެ މައްސަލާގައި މިހާތަނަށް 4 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް ވަނީ ކްރިމިނަލް ކޯޓަށް ހުށައަޅާފައެވެ.
ކިޔުންތެރިންގެ ހިޔާލު