ޝައިޚް ޢަލީ ޒައިދު
ޝައިޚް ޢަލީ ޒައިދު
އަމިއްލަ ނަފްސުގެ ދަހިވެތި ކަމުން މިންޖުވުމަށް ދީނީ ޢިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ރައީސް މުޙައްމަދު ނަޝީދަށް ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް މެއި 6 ގައި އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް (އައިއީޑީ) އެއް ގޮއްވާލައިގެން ދިން ހަމަލާގައި ތުހުމަތުކުރެވޭ މީހުންގެ ތެރެއިން 4 މީހަކަށް މިހާރު ވަނީ ދަޢުވާ ކޮށްފައެވެ. އަދި އެ މައްސަލާގައި ޖުމްލަ 10 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ތަޙުޤީޤުވެސް މިހާރު ދަނީ ކުރިއަށެވެ.

އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާއަށް އިންސާފު ނުލިބޭކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުން އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ މެމްބަރު ޝައިޚު އަލީ ޒައިދު ވިދާޅުވީ އެހަމަލާގެ ތަހުގީގް ވަރަށް ފުރިހަމައަށް ކަމާއިބެހޭ އިދާރާތަކުން ކުރައްވަމުންދާކަމަށެވެ. އެ މައްސަލާގައި އިންސާފު ނުލިބޭކަމަށް ވާހަކަ ދައްކަވަމުންދަނީ ވެރިކަމުގެ ތަޚުތު ހޯދުމަށް ކަމަށް އަލީ ޒައިދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މޭ 6 ހަމަލާގެ ވަރަށް ފުރިހަމަ ތަހުގީގެއް ކަމާއިބެހޭ ހުރިހާ މުއައްސަސާތަކުން އެބަ ކުރައްވާ! އިންސާފު ނުލިބެނިއްޔޭ ވިދާޅުވެ އުޅުއްވާ ބައެއް ބޭފުޅުން އަސްލު އެއުޅުއްވަނީ ވެރިކަމުގެ ތަހުތު ހޯދުމަށް! އަމިއްލަ ނަފްސުގެ ދަހިވެތި ކަމުން މިންޖުވާންޖެހޭ." އަލީ ޒައިދު ވިދާޅުވެފައިވެއެވެ.



ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން މެއި ހަވަނަ ދުވަހުގެރޭ އިރާކޮޅު އެމަނިކުފާނު ކާރަށް އަރާވަޑައިގަންވަނިކޮށެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ޖަރުމަންވިލާތުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މިވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން