ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ވަކި މީހަކު ވަށައިގެން އެނބުރޭ ފިކުރަކަށް އެމްޑީޕީ ވެއްޖެ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނު އަސާސީއަށް 14 އަހަރު ފުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަން ވެސް ކުރެއްވި މޫސާ މަނިކު ވިދާޅުވީ، މިއަދު ޢަމަލުކުރަމުންގެންދާ ޤާނޫނު އަސާސީއަކީ ޚުދުމުހުތާރު އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ އަޑުއުފުލައިގެން ރައްޔިތުންގެ ބަޔަކު ހެދި ޤާނޫނު އަސާސީއެއް ކަމަށެވެ. ނަމަވެސް އެދުވަހު މިނިވަންކަމަށް އަޑުއުފުލި އެމްޑީޕީ މިއަދު ވެފައިވަނީ ވަކި މީހަކު ވަށައިގެން އެނބުރޭ ވަކިމީހެއްގެ ފިކުރަކަށް ކަމަށް މޫސާ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެމްޑީޕީ އަކީ މިހާރު ޑިމޮކްރެސީގެ ހަމަތަކާ ޕާޓީއެއްގެ ސިފަތަކާވެސް ދުރަށް ގޮސްފައިވާ ފިކުރެއް ކަމަށެވެ. އަދި މިއަދު އެމްޑީޕީއަށް އެ ޕާޓީގެ ޓިކެޓްގައި ހޮވާފައިވާ ރައީސުލްޖުމްހޫރިއްޔާ ޤަބޫލުނުކުރެވުމަކީ ދެރަކަމެއް ކަމަށް ރީކޯ މޫސަ ވިދާޅުވިއެވެ.

"އަމިއްލަ މީހާއަށް ސަނާ ކިޔާ ވަކިބައެއްގެ ބާރުގައި ހިޞާރު ކުރެވިފައިވާ ޕާޓީއަކަށް އެމްޑީޕީ ބަދަލުވީ ވަރަކީ، އަމިއްލަ ޕާޓީން ހޮވާފައި ހުރި ރައީސުލްޖުމްހޫރިއްޔާވެސް ޤަބޫލެއް ނުކުރޭ." މޫސާ މަނިކު ވިދާޅުވެފައިވެއެވެ.



މޫސަ ވިދާޅުވީ، މާޒީގައި ތިބިކަހަލަ ކަތީބުންތަކަކަށް އެމްޑީޕީ ބަދަލުވެފައިވާ ކަމަށެވެ. އެހެން ކަމުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ބޭބޭފުޅުން އެމްޑީޕީ ސަލާމަތް ކުރުމަށް ނިކުންނަންޖެހޭ ކަމަށް މޫސާ މަނިކު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީ ދެބައިވެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހަންމަދު ޞާލިޙާއި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ދެމެދު އޮތް ސިޔާސީ ގުޅުން ކަނޑާލާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ އާންމުކޮށް އިޢުލާން ކުރަށްވާފައެވެ. އެމްޑީޕީގެ އެތެރޭގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކާއި ބައިބައިވުންތައް އުފެދިފައިވާ މިދަނޑިވަޅުގައި މޫސާ މަނިކު ވިދާޅުވީ، އެމްޑީޕީގެ މިހާރުގެ ލީޑަރޝިޕް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން