ފުލުހުންގެ އިސް އޮފިސަރުން ވަކިކުރަނީ އެމްޑީޕީން ބަދަލު ހިފުމުގެ ރޫހުގައި ކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފޮލިސް ބޯޑުން ފުލުހުންގެ އިސް 7 އޮފިސަރުން ވަކިކުރަން ނިންމަވާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވަމުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރު ޝުޖާ ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިސްކޮށް ތިއްބެވި އިސް އޮފިސަރުން ވަކިކުރަނީ އެމްޑީޕީން ބަދަލު ހިފުމުގެ ރޫހުގައި ކަމަށެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމަން ޖެހެއެވެ. ޝުޖާއު ވިދާޅުވީ، ޕީޕީއެމްގެ ވެރިކަމެއްގައި ފުލުހުންގެ ޤާނޫނަށް ގެނައި އެއިސްލާހު ބަދަލު ކުރާނެ ކަމަށާއި، މިހާރުގެ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އެމަޤާމަށް އައި ގޮތްވެސް އެކަމުގެ ފޯމިއުލާ އަކަށް ފުދޭ ކަމަށެވެ. އަދި ދިވެހިން ދެން އެމްޑީޕީއަށް ފުރުސަތު ނުދޭނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
"ހުރިހާ ފުލުސް އޮފިސަރުންނާއި، ހުރިހާ ފަނޑިޔާރުން މަޤާމުތަކުން ވަކިކުރިޔަސް ދިވެހިން ތިބީ އެމްޑީޕީއަށް ވެެރިކަން ދޭގޮތަކަށް ނޫން. އަޅުވެތިކަމާ ދެކޮޅަށް މުޅި ޤައުމު ނުކުންނާނެ. އިސްކޮށް އޮންނާނީ ޕީޕީއެމް." ޝުޖާއު ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު (ޓޫފޯ) އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު