އަލްހާން ފަހުމީ (ކ) އާއި ޕްރޮފެސަރ އުގެއިލް (ވ)
އަލްހާން ފަހުމީ (ކ) އާއި ޕްރޮފެސަރ އުގެއިލް (ވ)
ސޮފްޓްވެއާއެއް ހެދިޔަސް ވެރިކަމެއް ނުހިންގޭނެ ކަމަށް ވިދާޅުވެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ޕްރޮފެސަރ ޙަސަން އުގައިލް އަށް ފާޑުވިދާޅުވެއްޖެއެވެ.

ގައުމަށް ޚިދުމަތްކުރުމުގައި ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުންވެސް ފެނިދާނެކަމަށް ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވުމާ ގުޅިގެން އަލްހާން ވިދާޅުވީ، ވެރިކަން ހިންގުމަކީ ދޮގުހެދިތޯ ބަލަން ސޮފްޓްވެއަރއެއް ހެދުން ފަދަ ކަމެއް ނޫން ކަމަށެވެ.

"ދޮގު ހެދިތޯ ބަލާ ކޮމްޕިއުޓަރ ސޮފްޓެއަރ އެއް ހެދިޔަކަސް، ވެރިކަން ހިންގަން ސޮފްޓްވެއަރ އެއް ނުހެދޭނެ ދެއްތޯ؟" އަލްހާން ވިދާޅުވެފައިވެއެވެ.



މީގެ ކުރިން މިނިވަން ދުވަހުގެ މުނާސަބަތުގައި އުގެއިލް ވަނީ، މިނިވަންކަން ފެށެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ކަންކަމާމެދު ވިސްނާ ފިކުރުކުރާ ހިސާބުން ކަމަށާއި، ޤައުމެއްގެ ބަޔަކު ކަންކަމާމެދު ރަނގަޅަށް ވިސްނައި ފިކުރުކުރާނަމަ އެބައެއް ތަހުޒީބުވެ އެއްބައެއްވަންތަ ކަމާއެކު ކުރިއަރައި ދާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން އުގައިލް ފެނުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި އުގައިލް ފެނިދާނެ ކަމުގެ އަޑުތައް މިހާރުވެސް ވަނީ ފެތުރެން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު


1

ތިމަންނަ

12-Aug-2021

ހިމާރެއް ބުންޏަސް ތެދެއްވާނީ ހަމަ ތެދަކަށެވެ. މި ގައުމުގެ ވެރިކަން ކުރެވޭނެލަމަށް ދެކެނީ " ކައްވަޅު އަދިރިވާހާ ދޮގު ހަދާ , ބަޑު ފެޅޭހާ ސޫދުކައި" ހިމާރެއް ފަދައިން ހޭރޭ މީހުންނަށެވެ.


15

ފީއަލީ

12-Aug-2021

ޢަލްހާން ތަ ހިގަނީ ހެއިކެނޑިގެނާ? ތަކީ އަފިރިން ގެނުމެ އަސް ލާމީހައްނުން ވަރަށ



ޓްރެންޑިން