ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު
ފުލުހުންގެ މުއައްސަސާއާ ސިޔާސީ ގޮތުން ކުޅެގެން ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމް މި ބީދައިން ވިދާޅުވެފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފޮލިސް ބޯޑުން ފުލުހުންގެ އިސް 7 އޮފިސަރުން ވަކިކުރަން ނިންމުމާ ގުޅިގެންނެވެ. ޕޮލިސް ބޯޑުން މިގޮތަށް ނިންމަވާފައި ވީ ނަމަވެސް އެކަން ތަންފީޒު ކުރަށްވާނީ ޕޮލިސް ކޮމިޝަނަރެވެ.

އެކަމާ ގުޅިގެން ޑރ. ޝަހީމް ވިދާޅުވީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންތަކެއް ވަކިކުރަން ނިންމުމަކީ އިސްލާޙު ނޫން ކަމަށާއި، މިއީ ފުލުހުންގެ މުއައްސަސާއަށް ދެވޭ ވަރަށްބޮޑު ގެއްލުމެއް ކަމަށެވެ.

"ތަނުގައި ތިބި އެންމެ ތަޖުރިބާހުރި ފަރާތްތައް ވަކި ކޮށްލުމަކީ މުއައްސަސާއަށް ދެވޭނެ އެންމެބޮޑު ގެއްލުން." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގައިވާ ގޮތުން ޤާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާ އިސްލާހުކުރުމުގެ މަސައްކަތް ނިންމަން ޖެހެއެވެ. ޑރ. ޝަހީމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ސިޔާސީ ގޮތުން ކުޅެންޖެހޭ ތަނެއްނޫން ކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނިންމި ހަތް އޮފިސަރުންނަކީ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ ފަރުހާދު ފިކުރީ އާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރ އަހްމަދު މުހައްމަދު (ޓޫފޯ) އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި، ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި، ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުޢައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


-6

ޢަލީ

12-Aug-2021

ޠުނީފޯމް ނުފެންބަވަރަށް މެޑަލް އަރާފަ ހުރީ ދައުލަތުގެ ހަެަރަދު ހަދާފަހުރި ކޯސްތަކަށް. ޜައްޔިތަކަށް ކޮށްދިން ކަމެއް ނުފެނޭ. ޢަމާންކަމެއް ގާއިމް ނުކޮށްދެވޭ ވެރިންތަކެއް ބޭނުމެއްނޫން.



ޓްރެންޑިން