ޕޮލިސް ކޮމިޝަނަރ ގެ މަޤާމުގައި ރައީސުލްޖުމްހޫރިއްޔާގެ ޅިޔަނަކު ބަހައްޓަވައިގެން ކުރަމުންދަނީ ބަދަލުހިފުމުގެ މަސައްކަތް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ ލީޑަރޝިޕްގައި ތިއްބެވި ފަރާތްތަކުގެ ގާބިލްކަން ކަށަވަރުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ފޮލިސް ބޯޑުން ފުލުހުންގެ އިސް 7 އޮފިސަރުން ވަކިކުރަން ނިންމުމާ ގުޅިގެން އިދިކޮޅުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ފުލުހުންގެ މުއައްސަސާއާއި މެދު އެމްޑީޕީން ގެންގުޅޭ ބަދަލު ހިފުމުގެ ރޫހު ދޫކޮށްލަން ޖެހޭ ކަމަށެވެ.
އަދި ސަރުކާރުގެ ތެރެއިން ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށާއި، އެ މަސައްކަތް ވަގުތުން ހުއްޓާލުމަށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ ގޮވާލާފައެވެ. ފުލުހުންގެ އިދާރާ އިސްލާހުކުރުމަށް ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ ސިޔާސީ ނުފޫޒާއެކު އެ މުއައްސަސާގެ ޕްރޮފެޝަނަލް އަދި އިސް މަޤާމުތަކެއްގައި ތިއްބެވި އޮފިސަރުންތަކެއް ވަކި ކުރުމަށް ނިންމި ނިންމުމަކީ ޕްރޮގްރެސިވް ކޯލިޝަނުން އިންތިހާއަށް ކަންބޮޑުވާ ކަމެެއް ކަމަށާއި، އަދި އެއީ އެމްޑީޕީން ވެރިކަމަށް އަންނަ ކޮންމެ ފަހަރަކުވެސް ފުލުހުންނާއި ސިފައިންނަށް ސިޔާސީ ނުފޫޒު ފޯރުވުމަށް ހިންގަމުން ގެންދާ ޖަރީމާތަކަށް އިތުރުވެގެންދާ ބޮޅެއް ކަމަށް އިދިކޮޅުގެ ބަޔާނުގައި ވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ރައީސް ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީގެ ސަރުކާރުން ވެސް ފުލުހުންގެ މުއައްސަސާގެ އަގު ވައްޓާލާ އެމުއައްސަސާ ސިޔާސީ ކުރަން ކުރިމަސައްކަތް ކާމިޔާބު ވެފައި ނުވާކަމަށެވެ. އަދި ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅާ، ރައްޔިތުންނަށް އަނިޔާކޮށް ބިރުވެރިކަން ފެތުރުމަށް މަސައްކަތްކޮށް، ވެރިކަން ކުރަން ނޭނގި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިޢުފާ ދެއްވާފައިވާކަން އިދިކޮޅުން ވަނީ ހަނދާންކޮށްދީފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ޤާނޫނެއް މެދުވެރިކޮށްގެން މިހާރު ސަރުކާރުން ކުރަމުންދާ މަސައްކަތަކީ، ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުން ފުލުހުންނާއި ސިފައިންނާއި މަތިކޮށް، އެކަމަށް ބަދަލު ހިފުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު