ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
2023 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރަށްވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ކުރަށްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، ކޮންމެ މީހަކަށްވެސް ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމު ދެދައުރު އަދާކުރުމަކީ އޮތް ފުރުސަތެއް ކަމަށާއި، އެ ފުރުސަތު އެމަނިކުފާނަށްވެސް އެބައޮތް ކަމަށެވެ. އަދި އެ ފުރުސަތު ބަންދުވެފައި ނުވާކަމަށްވެސް ރައީސް މިއަދުވަނީ ވިދާޅުވެފައެވެ.

"އެ ފުރުސަތު އަޅުގަނޑަށް ވެސް ބަންދުވެފައެއް ނެތް." ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ކޮވިޑުގެ ސަބަބުން ދޮޅު އަހަރެއްހާ ދުވަސް ގެއްލިގެން ގޮސްފައިވާތީ އެމަނިކުފާނުގެ ފޯކަސް މިވަގުތު ހުރީ ވަޢުދުތައް ފުއްދުމަށް ކަމަށެވެ. އެގޮތުން ފެނާއި، ނަރުދަމާ ޤާއިމް ކުރުމާއި، ތިލަމާލޭ ބްރިޖާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ނިންމަން ހުރިކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން