ރައީސް ނަޝީދަށް ދިން ޙަމަލާގެ ތަޙުޤީޤު ދަނީ ހިތްހަމަޖެހިވަޑައިގަންނަވާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތާއި މެދު އެމަނިކުފާނު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ވިދާޅުވީ ރައީސް ނަޝީދު ވީހާ ވެސް އަވަހަކަށް ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. ރައީސް ނަޝީދުގެ ސެކިއުރިޓީއަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށާއި، އެމަނިކުފާނަށް ދޭން ޖެހޭ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ފޯރުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ މަޖިލީހުން އެކުލަވާލާފައިވާ އިންކްއަރީ ރިޕޯޓްގައި ލަފާ ދީފައިވާ ގޮތަށް ރައީސް ނަޝީދުގެ ސެކުއިރިޓީ ވީހާ ވެސް ވަރުގަދަ ކުރަން ކުރެވެން އޮތް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ކަމަށް ބޭނުންވާ އާލާތްތައް ވެސް ހޯދަމުންދާ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވޭ ވީހާ ވެސް އަވަހަކަށް ފަރުވާއިން ސަލާމަތްވެ މިނިވަންކަމާއެކު ރައީސް ނަޝީދު ރާއްޖޭގައި ހުންނަވާ ތަން ދެކެން. ރައީސް ނަޝީދަށް ދޭންވާ ސަލާމަތާއި ރައްކާތެރިކަން އަޅުގަނޑުމެން ދޭނަން،" ރައީސް ސާލިހު ވިދާޅުވިއެވެ.
ދިވެހި ދައުލަތުން ރައީސް ނަޝީދަށް ދޭން ޖެހޭ ފުރިހަމަ ރައްކާތެރިކަން ނުދެވިދާނެ ކަމުގެ ކަންބޮޑުވުން އެމްޑީޕީން އިސް ބޭފުޅުން ވަނީ ފާޅުކޮށްފައެވެ. އަދި އެމަނިކުފާނުގެ ރައްކާތެރިކަން ކަށަވަރު ނުވަނީސް ރާއްޖެ ވަޑައިގަތުމަށް އެ ބޭފުޅުން ބޭނުންފުޅެއް ނުވެއެވެ. ރައީސް ނަޝީދު މި ވަގުތު ހުންނެވީ އިތުރު ފަރުވާ އަށް އިނގިރޭސިވިލާތުގައެވެ. އޭގެ ކުރިން ޖަރުމަނުގެ މިލިޓަރީ ހޮސްޕިޓަލަކުން ދޮޅު މަހެއްހާ ދުވަސް ވަންދެން އެމަނިކުފާނު ވަނީ ފަރުވާ ހޯއްދައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު