އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
މިއީ ހަރުކަށިފިކުރު ހުއްޓުވުމަށްޓަކައި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކުރަންވީ ވަގުތު ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުން ހައްޔަރު ކުރުމަށް ޓަކައި ކުއްލި ޙާލަތު އިޢުލާނުކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމާފައިވާ ނިންމުމާމެދު ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް މިއަދު ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުން ފާސްކުރި ޤަރާރަށް ޢަމަލު ނުކޮށް އޮތީ އެނިންމުމަކީ އެންމެ ރަނގަޅު ނިންމުންކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާތީ ކަމަށެވެ.

ރައީސް ޞާލިޙް ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހަކީ 140 އަށްވުރެ ގިނަ މެމްބަރުން ހިމެނޭ މަޖިލީހެއް ކަމަށާއި އެ ޤަރާރު ފާސް ކުރަން ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ 39 މެންބަރުން ކަމަށެވެ. އަދި މެންބަރުން އެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަތީ، ރައީސް ނަޝީދު ހުށަހަޅުއްވާ ޤަރާރަކަށް ނޫނެކޭ ބުނަން ބޭނުން ނުވާތީ ކަމަށާއި އެހެންނަމަވެސް އެފަދަ ހާލަތެއް އޮތް ކަމަށް ނުދެކޭތީ ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލު ކުރެވުނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ މެންބަރުން މިކަން މިގޮތަށް ކުރަން ބޭނުން ނުވާކަން. އެރޭގެ އެ ޖަލްސާގައި ގިނަ މެންބަރުން ބައިވެރި ނުވީ، އަޅުގަނޑަށް ޤަބޫލު ކުރެވޭ ގޮތުގައި އެއްވެސް ބޭފުޅަކު ބޭނުމެއް ނުވޭ، ރައީސް ނަޝީދު ހުށަހަޅުއްވާ އެއްޗަކަށް ފާޅުގައި ދެކޮޅަށް އެއްޗެއް ބުނާކަށް." ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވި ޤަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 39 މެމްބަރުންގެ ވޯޓުންނެވެ. ނަމަވެސް އެއީ ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ފާސްކުރި ގަރާރެއް ނޫނެވެ.



ކިޔުންތެރިންގެ ހިޔާލު