ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް
އެމަނިކުފާނަކީ މިހާރު އެމްޑީޕީ މެންބަރަކަށް ނުވަނީތޯއޭ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ސުވާލު އުފައްދަވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، އެމަނިކުފާނަކީ އެމްޑީޕީގެ އެންމެ އިސް ލީޑަރު ކަމަށާއި، އެހެންކަމުން ޕާޓީ ތެރޭގައި ނުތަނަވަސްކަން އުފެދޭ ވާހަކަތައް ދެކެވޭނަމަ އެކަން ބައްލަވާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީގެ ސީނިއަރ މެންބަރެއް ކަމަށްވާ ވިލިފުށީ ދާއިރާގެ މެންބަރު އަދި މެއި 6 ކޮމެޓީގެ މުގައްރިރު ހަސަން އަފީފު، ރައީސް ޞާލިހަކީ އަދާލަތު ޕާޓީގެ މެންބަރެއް ކަމަށް ވިދާޅުވުމާ ގުޅިގެން އެކަން ބެއްލެވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް އަންގަވާފައިވާނެ ކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ޞާލިހް ވަނީ އެމަނިކުފާނަކީ މިހާރު އެމްޑީޕީގެ މެންބަރަކަށް ނުވަނީތޯވެސް ސުވާލު އުފައްދަވާފައެވެ. އަދި އެމަނިކުފާނު ދެމިހުންނަވާނީ އެމްޑީޕީގައި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ސަރުކާރު އުފެދިފައިވަނީ ކޯލިޝަނަކުން ކަމަށް ވާތީ ކޯލިޝަންގެ ޕާޓީތަކާ ކުރަންޖެހޭ މަޝްވަރާތައްވެސް ކުރަށްވާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ބޮޑުވެ ޕާޓީ ދެފެކްޝަނަކަށް ބެހިފައިވާއިރު ޕާޓީގެ ރައީސް ނަޝީދު މިހާރު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލައްވާފައިވާކަން ވެސް އިޢުލާން ކުރަށްވާފައެވެ. ޕާޓީގެ އެންމެ އިސް ލީޑަރޝިޕްގައި އުފެދިފައިވާ މި ޚިޔާލުތަފާތުވުންތަކާއެކު އެއްބަޔަކު ރައީސް ޞާލިހަށް ފާޅުގައި ފާޑުކިޔަމުންދާއިރު، އަނެއް ބަޔަކު ފާޅުގައި ދަނީ ރައީސް ނަޝީދަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


11

ޛަ

12-Aug-2021

ޢާދެ ތީ މިހާރު އިންޑިޔާ ރައްޔިތެއް



ޓްރެންޑިން