ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހިންގާ ވެލާނާ ބިލްޑިންގް
ކޯވިޑް-19 ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ސިވިލްސަރވިސް މުވައްޒަފުން، އަންނަ ސެޕްޓެމްބަރ 1 ވަނަ ދުވަހުން ފެށިގެން ކޮންމެ 14 ދުވަހަކުން ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އަންގައިފިއެވެ.

ސިވިލްސާވިސް ކޮމިޝަނުން މިއަދު ބުނެފައިވަނީ ކޯވިޑް-19 ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ މުވައްޒިފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުނަން ޖެހޭނީ ޕީސީއާރު ހައްދާ އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ 14 ދުވަހަކުން ޕީސީއާރު ހަދާ ނެގެޓިވް ނަތީޖާ ހުޅައަޅަން ޖެހެއެވެ.

އެ ކޮމިޝަނުން ވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ކުރީން ހުރިހާ މުވައްޒިފުން ވެކްސިން ފުރިހަމަ ކުރުމަށާއި ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމަށް އަމަލު ކުރުމަށް އަންގާފައެވެ.

ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މި އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން