އަހުމަދު ޝާހް   13 އޯގަސްޓު 2021 - 0:23
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ފާތިމަތު ދިޔާނާ ސަޢީދު
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި ފާތިމަތު ދިޔާނާ ސަޢީދު
ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު އާއި، ކުރީގެ ބަންޑާރަނާއިބު ފާތިމަތު ދިޔާނާ ސަޢީދުގެ ކައިވެނި ރޫޅާލައިފިއެވެ.

ޖާބިރު ދިޔާނާއާ ކައިވެނި ބައްލަވައިގަތީ 2005 ވަނަ އަހަރު އެވެ. ދެ ކަނބަލުންގެ ކައިވެންޏަށް 15 އަހަރު ވެފައިވާއިރު، އެ ދެކަނބަލުންގެ ކައިވެންޏަށް ދެ ފިރިހެން ބޭފުޅުން ވަނީ ލިބިވަޑައިގެންފައެވެ.

ދިޔާނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އޭނާއަކީ އެއްވެސް މީހެއްގެ އަންބެއް ނޫން ކަމަށެވެ.



ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ދޮރުމަތީގައި އޮށޯވެ ވަޑައިގެން އޮންނެވި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އޭގެފަހުން ވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމްގެ އަމިއްލަ ގެކޮޅު، މއ. ކިނބިގަސްދޮށުގެ ކައިރިއަށް ވަޑައިގެން އެގެއާ ހަވާލުވެ ވަޑައިގެން ހުންނެވި ކަމަށް ވިދާޅުވެފައެވެ.

މީގެކުރިންވެސް ޖާބިރު ވަނީ ރައީސް މައުމޫން އޭނާގެ އަތުން މިލިއަނުން ފައިސާ ނަންގަވާފައިވާ ކަމަށް ވިދާޅުވެ ފުލުހަށާއި ކޯޓަށް ވެސް މައްސަލަ ހުށައަޅުއްވާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު މިވަގުތު ވަޑައިގެން އުޅުއްވަނީ އެމެރިކާގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން