މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ
ނަފްރަތުގެ ބިލު މިހާރު އޮތްގޮތަށް ފާސްކުރުމާ ދެކޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވުމުން، އެވާހަކަފުޅު ހަޖަމްކުރަން އުނދަގޫވެ، އެ ނިންމެވުމަކީ ސަރުކާރުގެ އަމާޒެއްނެތްކަން ދޭހަވާ ނިންމެވުމެއް ކަމަށް ވިދާޅުވެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ރައީސް ޞާލިހަށް ރައްދު ދެއްވައިފިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައެޅި ނަފްރަތުގެ ބިލު ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އެމަނިކުފާނު އެދޭ ކަމެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން އިންތި ވިދާޅުވީ، މުސްލިމަކަށް ނިސްބަތްކޮށް ކާފަރަކަށް ނުވަތަ މުރުތައްދެއްކަމަށް ގޮވުމުގެ ނަތީޖާއެއްގެ ގޮތުން، އެ މީހަކު މަރާތީ، އެގޮތަށް ގޮވުން ހުއްޓުވުމަށް ސަރުކާރުން އަމިއްލައަށް ބިލެއް ހުށަހެޅުމަށްފަހު، އަނެއްކާ އަލުން އެގޮތަށް ގޮވުމުގެ ފުރުސަތު ދިނުމަށް ދީލައިލުމަކީ ސަރުކާރުގެ އަމާޒެއް ނެތްކަން ހާމަވާ ކަމެއް ކަމަށެވެ.

އިތުރަށް އިންތި ވިދާޅުވީ އެއީ "އަމާޒު ވިއްސިިވިހާލި، އަމާޒު ލާހޫރޭ،" ރަމްޒުވާ ޢަމަލެއް ކަމަށެވެ.



ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިޙު ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި ކޮންމެ ބިލެއްގައިވެސް އިސްލާހުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަޖިލީހަށް ހުށައެޅި ނަފްރަތުގެ ބިލު ފޮނުވިފަހުން އާއްމުންގެ ވިސްނުން ހުރީ އެ ބިލަށް އިސްލާހުތަކެއް ގެންނަންޖެހޭ ގޮތަށް ކަމަށެވެ. އެގޮތުން ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންނެވި އިސްލާޙުތައް މަޖިލީހަށް ހުށައެޅުއްވި ކަމަށާއި، އަދި ކޮމިޓީ މަރުޙަލާގައި އޭގެ ބައެއް އިސްލާހުތައް ގެނެސްފައި ހުރިކަން ގަބޫލުކުރަށްވާ ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އެބަހުރި. އެ އިސްލާހުތަކާއެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ." ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވާ ނަފްރަތުގެ ކުށްތައް މަނާކުރުމުގެ ބިލާ ދެކޮޅަށް ގިނަ ކައުންސިލްތަކުން ބަޔާން ނެރެފައިވާއިރު، 101 ދީނީ ޢިލްމުވެރިޔަކުވެސް ވަނީ ބިލް މަޖިލީހުން ބޭރުކުރުމަށް ގޮވާލާ ޕެޓިޝަނެއް ސަރުކާރަށް ހުށައަޅާފައެވެ. މީގެއިތުރުން ބައެއް ސިޔާސީ ޕާޓީތަކާއި އާންމު ފަރުދުންނާއި މަޝްހޫރު ދީނީ ޢިލްމް ވެރިންވެސް ވަނީ މި ބިލަށް ދެކޮޅުހަދައި ސަރުކާރަށް ފާޑުކިޔާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން