އއ. ހިމަންދޫގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލައިފި އެވެ.
ހިމަންދޫ ކައުންސިލުން ބުނީ އެރަށުގައި ކޯވިޑް-19 ހަލުހިކަމާއެކު ފެތުރެމުންދާތީ ސަރުކާރުގެ ކަމާގުޅޭ އިދާރާތަކުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ދަށުން މިސްކިތުގައި ފަރުޝު ނަމާދުގެ ޖަމާޢަތް ހެދުން މެދު ކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން މިއަދުގެ ފަތިސްނަމާދުން ފެށިގެން މިމަހުގެ 19 ވާ ދުވަހުގެ ރޭ އިޝާ ނަމާދުގެ ނިޔަލަށް ހިމަންދޫ މަސްޖިދުލް އުލާގައި ފަރުޟު ނަމާދުތަކާ، ހުކުރު ނަމާދު ޖަމާއަތުގައި ކުރުން ވަގުތީ ގޮތުން މެދުކަނޑާލުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.
ހިމަންދޫގައި ކޯވިޑް-19 ފެތުރެމުންދާއިރު އިއްޔެއާއި ހަމައަށް ނެގި 356 ސާމްޕަލްގެ ތެރެއިން 142 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެޗްޕީއޭގެ ތަފާސްހިސާބު ދައްކާ ގޮތުން މިވަގުތު މޮނިޓަރިންގެ ޙާލަތުގައި އޮތީ 9 ރަށެވެ.

ކިޔުންތެރިންގެ ހިޔާލު