އަހުމަދު ޝާހް   13 އޯގަސްޓު 2021 - 21:54
ދެކުނުގެ އެންމެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުން
ދެކުނުގެ އެންމެ އިސްވެރިންގެ މަޝްވަރާ ބައްދަލުވުން
ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގެ އެންމެ އިސްވެރިން ބައްދަލުކުރަށްވައި މަޝްވަރާތަކެއް ކުރިއަށް ގެންދަވައިފިއެވެ.

ރާއްޖޭޣެ އާބާދީގެ ބޮޑު ނިސްބަތެއް ޙިއްސާކުރާ ދެކުނުގެ ހަތަރު އަތޮޅުގެ އެންމެ އިސްވެރިން ބައްދަލުކުރަށްވާފައިވަނީ މިއަދު ހެނދުނު ރަފެލްސް މޯލްޑިވްސްގައެވެ. މި ބައްދަލުވުމުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގާއި ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި ގއ. އަތޮޅު ކައުންސިލްގެ ރައީސް އިބްރާހިމް ޝިހާން ބައިވެރިވެ ވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރު މިއަދު ވިދާޅުވެފައިވަނީ، މައިގަނޑު ގޮތެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިފައިވަނީ އިޤްތިޞާދީ ގޮތުން ދެކުނުގެ އަތޮޅުތަކަށް ހުރި ގޮންޖެހުންތަކާއި، ދެކުނުގެ ހަތަރު އަތޮޅު ގުޅިގެން އިތުރު ކުރިއެރުންތައް ހޯދޭނެ ގޮތްތަކާ ގުޅޭގޮތުން ކަމަށެވެ.



މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ދެކުނުގެ ހަތަރު އަތޮޅުގުޅިގެން ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ވެގެންދާނީ ރާއްޖޭގެ ދެކުނަށް އިންޤިލާބީ ބަދަލުތަކެއް ގެނެވޭނެ ރަނގަޅު ފާލަކަށެވެ.



ކިޔުންތެރިންގެ ހިޔާލު