މިއަހަރު ސުކޫލު ނިމުނު ދަރިވަރުންނަށް ވެކްސިންދޭނީ އެކުދިން ކިޔެވި ސުކޫލުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
ސަރުކާރުން މިހާރު ފަށާފައިވާ 12 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ ޤައުމީ ޙަރަކާތާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ މިއަހަރު ސުކޫލު ނިމުނު ދަރިވަރުންނަށް ވެކްސިންދޭނީ އެކުދިން ކިޔެވި ސުކޫލުން ކަމަށެވެ.
12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފަށާނީ އަންނަ އާދިއްތަ ދުވަހުއެވެ. އެދުވަހު ވެކްސިން ޖަހާނީ މާލެއާއި ބައެއް ރަށްރަށުގައެވެ. އެހެންނަމަވެސް އަންނަ ހަފްތާ ތެރޭގައި ހުރިހާ ރަށަކަށްވެސް ވެކްސިން ފޯރުކޮށްދެވޭނެކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. 12 އަހަރާ 17 އަހަރާ ދެމެދުގެ ކުދިންނަށް ދިނުމަށް ހަމަޖެހިފައިވަނީ ފައިޒާ ވެކްސިނެވެ.
މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާ ކަމަށާއި މިހާރު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމަށެވެ. އަދި ކުރިން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދެމުން އަންނައިރު އިޤްތިޞާދީ ގޮތުންވެސް ޤައުމަށް ކުރިއެރުން އަންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުން ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މި އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު