ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު
ޑިޕްލޮމެޓުންގެ އާޖީލެއް އުފެއްދެމުގެ ޕްރޮގްރާމެއް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިޢުލާނު ކުރަށްވައިފިއެވެ.

އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވާ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ، އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި، ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ޑިޕްލޮމެޓުންގެ އާ ޖީލެއް އުފެއްދުމުގެ ޕްރޮގްރާމެއް އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފަށްޓަވާނެކަމަށެވެ.

އެގޮތުން "ޕީޖީއޭ ޔޫތު ފެލޯޝިޕް" ޕްރޮގްރާމް ފަށްޓަވާ، އެ ޕްރޮގްރާމްގެ ދަށުން ޒުވާނުން އެމެރިކާގެ ނިއުޔޯކަށް ގެންގޮސް 1 އަހަރުގެ ތަޖުރިބާ ލިބޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން އދ. ގެ ނިޒާމަށް ޒުވާނުން އަހުލުވެރިކޮށް މަލްޓިލެޓަރަޒިމަށް ވަކާލާތު ކުރާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަށްވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.



އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ޝާހިދު ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ.

އިންތިހާބުގައި މިނިސްޓަރ ޝާހިދާއި ވާދަކުރެއްވީ އަފްޣާނިސްތާނުގެ ފަރާތުން އެގައުމުގެ ފޮރިން މިނިސްޓަރ ޑރ. ޒަލްމައި ރަސޫލެވެ. މިރޭ ނެގި ވޯޓްގައި އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމަކުން ވޯޓު ލާފައިވާއިރު، މިނިސްޓަރު ޝާހިދަށް ލިބިވަޑައިގެންނެވީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައިވާއިރު، އޭނާ އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން