ވަޒީރަކު ފާޅުގައި ދަޢުލަތް ބޭޒާރުކުރާ ވާހަކަ ދެއްކުމުން ވެރިކަން ޖޯކަކަށް ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާއަކުން ގެެނެސްދިން އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން މިހާރު މަޤާމުން އެކަހެރި ކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށެވެ. އެކަމާ ގުޅިގެން ޑރ. ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.
ޑރ. މުޙައްމަދު ޖަމީލް ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދުޞްތޫރީ މަޞްޢޫލިއްޔަތު ސާފުނުވާ ކަމަށެވެ. އަދި ރައީސް ޞާލިޙްގެ ވަޒީރަކު ފާޅުގައި ދަޢުލަތުގެ ކަމިޝަންތަކާއި މުއައްސަސާތައް ބޭޒާރުކުރާ ވާހަކަ ދެއްކުމަކީ މި ވެރިކަމުގައި އަދުލުވެރިކަމުގެ ޒައްރެއްވެސް ނެތްކަން ކަށަވަރު ވާ ކަމެއް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
"ރައީސް ޞާލިޙްގެ ވަޒީރުންވެސް ޤާނޫނީ ނިޒާމަށް އިތުބާރުނުކުރޭ.. މުޅި ވެރިކަން ޖޯކަކަށްވެއްޖެ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ދައުލަތް އޮރިޔާން ކޮށްލާނެ ކަމަށް، ބޮޑު ޚިޔާނާތުގެ މައްސަލައިގައި ދައުވާ ކުރަން ފޮނުވައި މަގާމުން ސަސްޕެންޑް ކޮށްފައިވާ މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މަހުލޫފްގެ މި އަމަލަކީ ދައުލަތަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށް ގިނަ ބަޔަކު ވަނީ ސިފަކޮށްފައެވެ.
އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ދީފައިވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމެއެވެ.

ކިޔުންތެރިންގެ ހިޔާލު