ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
ރާއްޖޭގައި ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމްގެ ތެރެއިން
12 އަހަރުން މަތީގެ ކުދިންނަށް މާދަމާ ވެކްސިން ޖަހަން ފަށާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ކޮވެކްސްް ފެސިލިޓީ މެދުވެރިކޮށްް އެމެރިކާގެ އެހީގައި ރާއްޖެއަށްް 128،600 ޑޯޒްްގެ ފައިޒާ ވެކްސިން ލިބިފައިވާ ކަމަށާއި އެ ވެކްސިން މާދަމާއިން ފެށިގެން މާލެއާއި އަތޮޅުތަކުގައި ޖަހަންް ފެށުމަށްް ހަމަޖެހިފައިވާ ކަަމަށެވެ.

އެގޮތުން 12 އަހަރުން މަތީގެ މީހުންނަށް ފައިޒާ ވެކްސިން ޖަހަން ރާއްޖޭގައި ހުއްދަ ދީފައިވާ އިރު މާދަމާއިން ފެށިގެން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރު ފުރާގެ ކުދިންނަށް ވެކްސިން ޖަހަން ފަށާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އޭގެ އިތުރުން ފައިޒާ ވެކްސިން ޖަހާނީ މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް އެޗްޕީއޭގެ އިޢުލާނުގައި ވެއެވެ.

އެޗްޕީއޭ އިން ބުނީ، މާބަނޑު މީހުންނަށް އެއްވެސް ވެކްސިނެއް ނުޖަހާ ނަމަ ފައިޒާ ވެކްިސންގެ ފުރަތަމަ ޑޯޒް ޖެހޭނެ ކަމަށެވެ. ނަމަވެސް ކުރިން ކޮވިޝީލްޑް ވެކްސިން ޖަހާފައި ތިބި މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ނުވަތަ އެސްޓްރަޒެނެކާ ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި ޖެހިދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މީގެ އިތުރުން ކޮވިޝީލްޑް ނުވަތަ ސިނޯފާމް ވެކްސިން ޖަހައިގެން ބޮޑު ސައިޑް އިފެކްޓްތަކެއް ފެނިފައިވާ ފަރާތްތަކަށް ދެވަނަ ޑޯޒަކަށް ފައިޒާ ވެކްސިން ޖެހުމަށް އޭއައިއެފްއައި އިން ލަފާ ދީފައިވާ ނަމަަ ފައިޒާ ވެކްސިން އެފަރާތްތަކަށް ޖެހިދާނެ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފައެވެ. އަދި ރާއްޖެއިން ބޭރަށް ކިޔަވަން ދާން ހަމަޖެހިފައިވާ ދަރިވަރުން ދާ ގައުމަކީ ފައިޒާ ވެކްސިން ނޫން ވެކްސިން ގަބޫލު ނުކުރާ ގައުމަކަށް ވާނަމަ އެ ދަރިވަރުންނަށް ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފްް އެޑިއުކޭޝަނާއި އެ ދަރިވަރެއް ކިޔެވި ސްކޫލެއް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ، ފައިޒާ ވެކްސިން ޖަހައިދޭ ސެންޓަރު ތަކަކީ އިސްލާމީ މަރުކަޒުން، ހެނދުނު 9 އިން ހަވީރު 4 އަށް، ހުޅުމާލެ ހޮސްޕިޓަލުން މެންދުރު ފަހު 1 އިން ހަވީރު 4 އަށް ކަމަށެވެ. އަދި ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން މެންދުރު 1 އިން ހަވީރު 4 އަށް ކަމށް އެޗްޕީއޭއިން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން