ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
ކުރީގެ ރައީސް މުޙައްމަދު ނަޝީދު (ކ) އާއި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ވ)
ރައީސް ޔާމީނަށް އެކަނި ދަޢުވާކުރުމުން ދަޢުލަތް މާބޮޑަށް އޮރިޔާންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ގޮތުން ރައީސް ޞާލިޙާއި ގުޅުން ކަނޑާލައި ރައީސް ޔާމީނާއިއެކު ސިޔާސީ ގޮތުން ކުރިއަށް ވަޑައިގެންނެވުމަށް ވިސްނުންފުޅު ކުރިއަށް ނެރުއްވާފައިވާ ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައި މިވަނީ، އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލަ ކޯޓަށް ހުށަހަޅައިފިނަމަ ދައުލަތް "އޮރިޔާން ވާނެ" ކަމަށް މިހާރު މަޤާމުން އެކަހެރި ކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ސޯޝަލްމީޑިއާ ގްރޫޕަކަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެމްއެމްޕީއާރުސީ މައްސަލައިގެ ދަޢުވާތައް ނުކުރެވެންވީ ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށް އެކަނި ދަޢުވާކުރުމަކީ ވަރަށް ހުތުރުކަމެއް ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައި ވަނީ، "އެއަށްވުރެ ބޮޑަށް ދަޢުލަތް އޮރިޔާންވާނެ ކަމެއް ނެތް" ކަމަށެވެ.

މަހްލޫފް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާއާއި ރިޔާސީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ކުރައްވަމުން ގެންދަވާ ކަންކަން ފެންނާނެ ޗެޓްލޮގްތަކެއް އޭނާގެ އަތްޕުޅުގައި އެބަހުރި ކަމަށެވެ. އަދި މަހުލޫފުގެ މައްސަލަ ޝަރީއަތަށް ފޮނުވައިފިނަމަ އެ ވާހަކަތައް ހާމަ ކުރައްވާނެ ކަމަށާއި އެ ވާހަކަތަކުގެ ސަބަބުން "ދައުލަތް އޮރިޔާން" ވާނެ ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ދައުލަތަށް ވަރުގަދަ އިންޒާރެއް ދެެއްވާފައެވެ.

އޭސީސީން މީގެ ކުރިން ބުނެފައިވަނީ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލުގައި 33،000 އެމެރިކާ ޑޮލަރު އެމްއެމްޕީއާރްސީގެ ފައިސާ އިން މަހްލޫފަށް ލިބިވަޑައިގެންފައިވާ ކަމަށް ތަހުގީގަށް ސާބިތުވާ ކަމަށެވެ. އެމައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާތާ އެތައް ދުވަހެއްވެފައިވާއިރު އަދިވެސް ދައުވާ ކުރުމާއި މެދު ގޮތެއް ނުނިމެއެވެ. މިމައްސަލައިގައި ޕީޖީ އެކިފަހަރު ވާހަކަ ދައްކަވަނީ އެކި ގޮތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން