އައްޝައިޚް އިލްޔާސް ޙުސައިން
އައްޝައިޚް އިލްޔާސް ޙުސައިން
ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދިނުމުގެ ބޭނުމުގައި އަދާލަތު ޕާޓިގެ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޙް އިލްޔާސް ޙުސައިނަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ރަސްމީ ވަޒީފާއެއް ދީފައިވާކަމަށް ޝައިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވީ، އޭނާގެ އަތްޕުޅުގައި އޮންނަ ޑިޕްލޮމެޓިކް ޕާސްޕޯޓަކީ ސަރުކާރުން އަރުވާފައިވާ ޝަރަފެއް ކަމަށެވެ. އެގޮތުން އިލިޔާސްގެ ދަރިކަލުން މެލޭޝިޔާގައި ކިޔަވަން ހުންނާތީ މެލޭޝިއާގައި މަޑުކުރުމަށް ވިސާއެއް ހޯދަން އެދުމުން އެކަން ވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، އެކަމުގައި ލުއިމަގަކަށް އެދި ދިވެހި ސަރުކާރުގައި އެދިވަޑައިގެންނެވުމުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީ ކަމަށާއި، އަދި މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރގެ މަޤާމަކީވެސް ޑިޕްލްމެޓިކް ޕާސްޕޯޓް ދިނުމަށްޓަކައި ހަމައެކަނި ލިޔެކިޔުމުން އުފައްދާފައި އޮންނަ މުސާރަ ނުލިބޭ ވަޒީފާއެއް ކަމަށެވެ.

އިލްޔާސް ވިދާޅުވީ މިހާތަނަށް އައިއިރުވެސް އެއީ މަނާކަމެއްކަން ޝައިޚަށް އެނގިވަޑައިގެންފައި ނެތް ކަމަށެވެ.

މިރޭގެ ފޯރަމްގައި އިލްޔާސްވަނީ ޢަދާލަތުޕާޓީގެ ރައީސް ޝައިޚް އިމްރާން ޢަބްދުﷲ އަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލާގައިވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން އިލްޔާސް ވިދާޅުވީ، އެކަން ހިނގާފައި އޮތްކަމަށްވާނަމަ ޝައިޚުންނަށް އޮތީ ނަސޭޙަތް ދިނުން ކަމަށާއި، މީހުންނަށް ކުރެވޭ ގޯސް ކަންތައްތަކުގެ ވާހަކަ އޮންލައިން ފޯރަމްތަކުގައި ދެއްކުމަކީ އެންމެ ރަނގަޅު ކަމެއް ނޫން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


0

ގުނބޯ

19-Aug-2021

ލަނޑައާވާނީ ހަމަ ލަނޑާ، ސަރުކާރައް ބައިވަރުތައް ގޮވާނެ ކަމެއްނެތް. ޑިޕުލަމެޓިކު ޕާސްޕޯޓެއްގައި ހުންނަވައި ލާދީނީ ބައިގަނޑާއެކު ކުރިއައް ވަޑައިގަންނަވާ. ސަރުކާރު ހިންގާޕާޓީއަށް ހެސްކިޔާފައި އެއްޗެތި ގޮވާފައި އެބައިގަނޑު އަތުގައި ހިފުމުން މަ ވަރަށް ފޫހިވެއްޖެ. މީނާދޭ ދަރުސްތައް އަޑުއަހާންވެސް ނުވާނެ



ޓްރެންޑިން