ރޮޒައިނާގެ ދެކަނބަލުން ރައީސް ޞާލިހާއެކު
ރޮޒައިނާގެ ދެކަނބަލުން ރައީސް ޞާލިހާއެކު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ކުރައްވާ މަސައްކަތުގެ ނަތީޖާ ރަނގަޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވަނީ މިއަދުން ފެށިގެން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަން ފެށުމާ ގުޅިގެންނެވެ. އޭގެ އިތުރުން ފައިޒާ ވެކްސިން ޖަހާނީ މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމް ބަލިކަށި މީހުންނަށް ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ މިއަދު ވިދާޅުވީ، ފޯކަސް ގެއްލުވާ ނުލައްވައި، ރައްޔިތުންނަށް ޚިދުމަތް ކުރެއްވުމުގައި ރައީސް ޞާލިޙް ކުރައްވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށެވެ.

"ފޯކަސް ގެއްލުވާ ނުލައްވައި، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ރައީސް ޞާލިޙް ކުރައްވާ މަސައްކަތުގެ ނަތީޖާ ވަރަށްވެސް ރަނގަޅު." ރޮޒައިނާ ވިދާޅުވިއެވެ.

މިއަދު ހެނދުނު 9:00 ގައި ވެކްސިން ސެންޓަރުތަކުގައި ފައިޒާ ވެކްސިން ދޭން ވަނީ ފަށާފައެެވެ. ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް އެމެރިކާގެ އެހީގައި 128،600 ޑޯޒް ފައިޒަރ ވެކްސިން މިމަހުގެ 9 ވަނަ ދުވަހު ރާއްޖެގެނެސްފައިވާއިރު ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއްކަމުން، އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުން ހިމެނޭހެން ޖުމްލަ 5 ގްރޫޕެއްގެ ބަޔަކަށް މި ވެކްސިން ޖެހުމަށް އެޗް.ޕީ.އޭއިން ވަނީ ނިންމާފައެވެ.

ފައިޒާ ވެކްސިން ޖަހައިދޭ ސެންޓަރު ތަކަކީ އިސްލާމީ މަރުކަޒުން، ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ހުޅުމާލެ ހޮސްޕިޓަލުން މެންދުރު ފަހު 1 އިން ހަވީރު 4:00 އަށެވެ. މީގެއިތުރުން ވިލިމާލޭގައި ފައިޒާ ވެކްސިން ޖަހައިދޭން ފަށާނީ އަންނަ ހޯމަ ދުވަހުން ފެށިގެން ވިލިމާލެ ޔޫތް ސެންޓަރުން މެންދުރު 1:00 އިން ހަވީރު 4:00 އަށް ކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ޙަސަން

19-Aug-2021

ޜޮޒޭނާ މެންގެ ޖީބު ބޮޑުވާ ވަރަކަށް ރައީސް އަށް ހުޝާމަދު ކުރުން ގިނަވޭ!!!!



ޓްރެންޑިން