7 ފެބްރުއަރީ 2012 ގައި ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދޭން ގޮވާލައި ކުރި މުޒާހަރާގައި ރިޔާޒް
7 ފެބްރުއަރީ 2012 ގައި ރައީސް މުޙައްމަދު ނަޝީދު މަގާމުން އިސްތިއުފާ ދޭން ގޮވާލައި ކުރި މުޒާހަރާގައި ރިޔާޒް
2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުން އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ ރައްޔިތުންގެ މަޖިލީހަށް ގެންދިޔައީ ތިމަރަފުށީ ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ރިޔާޒް ކަމަށް ކުރެވޭ ތުހުމަތު އޭނާ ދޮގުކުރަށްވައިފިއެވެ.

ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދުގެ ވެރިކަން ނިމުމުން ފުލުހުންގެ ކޮމިޝަނަރުގެ މަސްއޫލިއްޔަތު އުފުއްލެވި ޢަބްދުﷲ ރިޔާޒް ވިދާޅުވީ، 07 ފެބްރުއަރީގައި ޖުމްހޫރީ މައިދާނުގައި ކުރިޔަށް ގެންދިޔަ މުޒާހަރާ ސަރަހައްދަށް ވަޑައިގެންނެވީ އެއްވެސް ހާލެއްގައި ސަރުކާރު ވައްޓާލަން ނޫންކަމަށާއި، އެ ދުވަހު އެތަނަށް ދިޔައީ ޤައުމީ ޚިދުމަތުގައި 25 އަހަރު ލިބިވަޑައިގެންފައިހުރި ތަޖްރިބާއާއި ޢިލްމެއްގެ އަލީގައި ސަލާމަތީ ޚިދުމަތްތައް ކޮންޓްރޯލް ކުރުމަށް އޭނާއަށްވެސް ދައުރެއް އަދާކުރެވިދާނެ ކަމަށް ޤަބޫލުކުރެއްވިގެން ކަމަށެވެ.

ރޭގެ ޕްރޮގްރާމްގައި ރިޔާޒް ވަނީ އެދުވަހު ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ މަޖިލީހަށް ގެންދިޔައީ އޭނާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަށްވާފައެވެ. ރިޔާޒް ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓުގައި އެކަން ހިނގައި ދިޔަގޮތް ސާފުކޮށް އޮންނާނެ ކަމަށާއި، އަދި މިހާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށްވެސް އެކަން ސާފުވެވަޑައިގަންނަވާނެ ކަމަށެވެ.

"ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ، ހިފައިގެން އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުވެސްދަން. ކޯނީ ރިޕޯޓުގައި ވަރަށް ތަފްސީލުކޮށް އެނގެން އޮންނާނެ އަޅުގަނޑު ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ނުގެންދާކަން." ރިޔާޒް ވިދާޅުވިއެވެ.

07 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމަށް ބުނެ އެމްޑީޕީން މިއަދާއި ހަމައަށް ވެސް ދަނީ އެމައްސަލަ ތަހުގީގުކޮށް ބެލުމަށް ގޮވާލަމުންނެވެ. ނަމަވެސް އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، 7 ފެބްރުއަރީގައި ލީޑް ކުރެއްވި ހުރިހާ ބޭފުޅުންނާ ގުޅި ކޯލިޝަނެއް އެކުލަވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު


19

ރެއްކަބޭ

19-Aug-2021

އެއްގަނޑުގެ ސިޓީއެއް ކިހިލި ޖަހައިލައިގެން ދާއިރު ހިވަނީ ވަރަށް ބަރު ފައިލު ބޮޑިއެއް ހިފައިގެން ހިފައިގެން ނުހިގިގެން އުޅޭހެން. ޢެހާވެސް ހިތުން މޮޅުކަމެއް ކޮށްލައިގެން މިދަނީ ބަގާވާތްކޮށްގެން މީ ކިހާވަރެއްގެ ކަމެއްކަންވެސް މިމީހުންނަށް ނޭގޭ ޖާހިލުކަމުން ހައްދުފަހަނައަޅައިފައި ތިބިބައެއްމީ. ކައިރީގައި ތިޔަހުރީ އަނެއް ބާގީ މިހާރު ޕާޓީހަދައިގެން މިލިޓަރީ ވެރިކަންކުރަން ރާވަނީ. ރައްޔިތުން ގުބޯނުހެއްދޭނެ ތިޔަކަހަލަ މީހުންނަކަށް މިހާރު. ޕާޓިއަށް 3000 ވެސް ހަމަނުވާނެ.



ޓްރެންޑިން