ޕްރޮފެސަރ ޙަސަން އުގައިލް
ޕްރޮފެސަރ ޙަސަން އުގައިލް
ހުރިހާ ޤައުމަކަށްވެސް މިނިވަންކަން މުހިއްމުކަމަށް ވިދާޅުވެ ހިސާބު ޢިލްމުގެ ޕްރޮފެސަރ ޙަސަން އުގައިލް އަވަށްޓެރި އިންޑިޔާއަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.

އަވަށްޓެރި އިންޑިއާގެ މިނިވަންދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވައި ފޮނުއްވި މެސެޖެއްގައި ޕްރޮފެސަރ ޙަސަން އުގައިލް ވިދާޅުވީ، ހުރިހާ ޤައުމަކަށްވެސް މިނިވަންކަން މުހިއްމުކަމަށާއި، އޭގެ ތެރޭގައި ދިވެހިންވެސް ހިމެނޭކަން މި ދަނޑިވަޅުގައި ހަނދާންކުރަން ޖެހޭ ކަމަށެވެ.



އިންޑިއާއެކު މިސަރުކާރުން ބާއްވާ އަޑި ނޭނގޭ ގުޅުން ތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރުތަކެއް ކުރާކަމަށް ތުހުމަތުކޮށް ގިނަ ބަޔަކު އަންނަނީ އިންޑިއާއެކު ބާއްވަމުން އަންނަ ގުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާ ކުޑަ ޑޯނިޔާ މަތިންދާބޯޓު ދުއްވުމާ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އިންޑިއާގެ އަސްކަރީ ސިފައިން ހަރަކާތްތެރިވަމުން އަންނާތީ ވެސް ގިނަ ބަޔަކު ފާޑުކިޔަމުން ގެންދެއެވެ. މީގެއިތުރުން ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ފާޑުކިޔައި ގޮތްކިޔަމުންދާކަމަށާއި އިންޑިއާއިން ދޭ އެހީގެ މަޝްރޫޢުތައް ހިންގުމުގައި ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ބަސްވިދާޅުވެ މަޝްރޫޢުތައް އިޢުލާންކުރަށްވައި މަސައްކަތުގެ ތަފުސީލުތައް ހިއްސާކުރަށްވަމުން ގެންދަވާތީ ގިނަ ބައެއްގެ ފާޑުކިއުންވަނީ އަމާޒުވެފައެވެ.

މީގެ ކުރިން ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އުގެއިލް ވަނީ، މިނިވަންކަން ފެށެނީ ކޮންމެ މީހަކުވެސް އެމީހެއްގެ ކަންކަމާމެދު ވިސްނާ ފިކުރުކުރާ ހިސާބުން ކަމަށާއި، ޤައުމެއްގެ ބަޔަކު ކަންކަމާމެދު ރަނގަޅަށް ވިސްނައި ފިކުރުކުރާނަމަ އެބައެއް ތަހުޒީބުވެ އެއްބައެއްވަންތަ ކަމާއެކު ކުރިއަރައި ދާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުން އުގައިލް ފެނުން ވަރަށް ގާތްކަމަށް އޭނާ ވިދާޅުވެފައިވާއިރު 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓެއްގެ ގޮތުގައި އުގައިލް ފެނިދާނެ ކަމުގެ އަޑުތައް މިހާރުވެސް ވަނީ ފެތުރެން ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން