އޮނަރަބުލް ޢަބްދުﷲ ޝާހިދު އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވާހަކަފުޅުދައްކަވަނީ.
އޮނަރަބުލް ޢަބްދުﷲ ޝާހިދު އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ވާހަކަފުޅުދައްކަވަނީ.
ޚާރިޖީ ވަޒީރުކަމުގައި ހުންނަވައިގެން ޢަބްދުﷲ ޝާހިދު އދ. އާއްމު މަޖިލީހުގެ ރައީސްކަމުގެ މަގާމާ ހަވާލުވެ ވަޑައިގެންނެވުމުގައި ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް މިމޭރުމުން ވިދާޅުވެފައިމިވަނީ، އދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ހޮވި ވަޑައިގެންފައިވާ، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެ މަޤާމާ ރަސްމީކޮށް ޙަވާލުވެ ވަޑައިގެންނެވުމުގެ ކުރިން ޚާރިޖީ ވަޒީރުކަމުގެ މަޤާމުން އިސްތިޢުފާ ދެއްވަން ޖެހޭ ކަމަށް ރާއްޖޭގެ ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ފާޅުކުރަށްވަމުން ގެންދަވާ ޚިޔާލުފުޅުތަކަށް ރައްދު ދެއްވަމުންނެވެ.

ޤާޟީ ޙަލީމް ޢާއްމުކުރަށްވާފައިވާ ޢިލްމީ ދިރާސާ އެއްގައި ވިދާޅުވެފައިވަނީ، ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް މަޤާމުގައި ހުންނަވައިގެން އަދާނުކުރެއްވޭނީ ކަނޑައެޅިފައިވާ ވަކި މުސާރައެއް ލިބޭ ވަޒީފާއެއް ކަމަށާއި، ނަމަވެސް ޝާހިދު ޙަވާލުވެވަޑައިގެންނެވީ އެފަދަ މަސްއޫލިއްޔަތަކާ ނޫން ކަމަށެވެ. އެހެންކަމުން ޤާނޫނު އަސާސީގެ 136 ވަނަ މާއްދާގައި ބަޔާންކުރާފަދަ ވަޒީފާއެއް ވަޒީރުކަމުގައި ހުންނަވައިގެން ޝާހިދު އަދާކުރަށްވާ ކަމަށް ބެލޭނެ ޤާނޫނީ ހަމައެއް ނެތް ކަމަށް ހަލީމް ވިދާޅުވެފައި ވެއެވެ.

ހަމައެއާއެކު ކަމެއް މަނާކުރުމަށް ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނެއްގައި ކަނޑައެޅިގެން ނައްސެއް ނެތްނަމަ، މަދަނީ މުޢާމަލާތްތަކުގައި އެކަމެއްގެ އަސްލަކީ ހުއްދަވެފައި އޮތުންކަމަށް އިސްލާމީ ޝަރީޢާއާއި، ޤާނޫނުތަކުގެ އަލީގައި ޙަލީމް ހާމަކުރަށްވާފައިވެއެވެ.



އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ޢަބްދުﷲ ޝާހިދު ކާމިޔާބު ކުރެއްވީ 74 އިންސައްތަ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ. އެއީ އާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ގައުމުގެ ތެރެއިން 143 މެންބަރު ޤައުމުގެ ވޯޓު ކާމިޔާބު ކުރަށްވައިގެންނެވެ. ޝާހިދާ ވާދަކުރެއްވި އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރު ޑރ. ޒަލްމާއި ރަސޫލަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޝާހިދު މިދިޔަ ޖޫން 7 ގައި އިންތިހާބު ކޮށްފައިވާއިރު، އެމަނިކުފާނު އެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ ތެރޭގަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން