އުމަރު ނަސީރު ރައީސް ޔާމީންއާއިއެކު، ފޮޓޯ:ޕޮލިސް
އުމަރު ނަސީރު ރައީސް ޔާމީންއާއިއެކު، ފޮޓޯ:ޕޮލިސް
ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީންގެ ނަންފުޅު ނޯންނާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަ ދައްކަވަމުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަށްވާނޭކަން އިޢުލާނު ކުރަށްވާފައިވާ އުމަރު ނަސީރު ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަންފުޅު ނޯންނާނެކަމަށާއި، މި ސަރުކާރުންނާއި، އެމްޑީޕީން އެ ފުރުސަތު އެމަނިކުފާނަށް ލިބުނަވެސް ނުދޭނެ ކަމަށެވެ. އަދި ސަރުކާރުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ރައީސް ޔާމީންގެ ވެރިކަމުގައި ކަން ވެގެންދިޔަ ގޮތުން އެބޭފުޅުންވެސް ރައީސް ޔާމީނަށް ފުރުސަތު ދެއްވަން ބޭނުންފުޅު ނުވާނެ ކަމަށް ޢުމަރު ވިދާޅުވިއެވެ.

"ރައީސް ޔާމީންގެ ނަންފުޅެއް ނޯންނާނެ ރިޔާސީ ޓިކެޓްގައެއް. އެއީ އެކަންވިޔަ ނުދޭނެ އެމްޑީޕީއާއި ސަރުކާރުން. ސަރުކާރު ތެރޭގައި ތިއްބެވި ހުރިހާ ބޭފުޅުންނަކީ އެބޭފުޅާގެ ވެރިކަމުގައި ޖަލަށް ލެވިފައި ތިބި ބޭފުޅުން." ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، ރިޔާސީ އިންތިޚާބާ ހަމައަށް ދާއިރު އެމްޑީޕީވެސް ރަނގަޅަށް ދެބައިވެ ރައީސް ނަޝީދާއި، ރައީސް ޞާލިޙް ވަކިވަކިން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ. އެހެންކަމުން އާ ފިކުރަކަށް 2023 ގައި ވެރިކަމަށް އައުމުގެ ފުރުސަތު ފަހި ކަމަށާއި، ރައްޔިތުންގެ ވިސްނުންހުރީ އާބަޔަކަށް ވެރިކަން ޙަވާލުކުރުމަށް ކަމަށް ޢުމަރު ވިދާޅުވިއެވެ.

މީގެ ކުރިން ޢުމަރު ވިދާޅުވެފައިވަނީ، ދުނިޔޭގައި ރިޔާސީ ނިޒާމް އޮތް ގައުމުތަކުގައި ވަކި ޕާޓީއަކަށް ވެރިކަން ދިނުމުގެ ވިސްނުން ބަދަލުވެ، މީހާގެ ޤާބިލްކަމާއި، ތަޖުރިބާއަށް ބަލައި ނިންމުން ނިންމާފައިވާތަން ފެނިފައިވާކަމަށެވެ. ރާއްޖެވެސް މިއަދު މިވަނީ އެމިސްރާބަށް ރައްޔިތުންގެ ވިސްނުން ދާ ހިސާބަށް ގޮސްފައިކަމުގައި އުމަރު ވިދާޅުވިއެވެ. އެމްޑީޕީއާއި، ޕީޕީއެމަކީ ރާއްޖޭގައި އޮންނަންޖެހޭ ހަމައެކަނި ފިކުރުކަމަށް ބައެއް ބޭފުޅުން ދުށް ނަމަވެސް އެކަން 2023ގައި ބަދަލު ކުރާނެ ކަމަށް އުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ، އެމްޑީޕީ އާއި ޕީޕީއެމްގައި ލީޑަރުންނަށް ތިއްބެވި ދެބޭފުޅުންނަކީ އެއްފަހަރު ރައްޔިތުން ފުރުސަތު ދީ ފެއިލްވެފައިވާ ދެބޭފުޅުންނަށްވާއިރު، ޕާޓީން އަތްދޫކޮށްލަން ބޭނުން ނުވަނީ އެހެންބަޔަކަށް އެފުރުސަތު ފަހިވެދާނެތީކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން