ކާނަލް ނާޒިމް ރައީސް ނަޝީދު އާއިއެކު
ކާނަލް ނާޒިމް ރައީސް ނަޝީދު އާއިއެކު
2012 ވަނަ އަހަރުގެ ފެބްރުއަރީ 07 ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދު އިސްތިޢުފާ ދެއްވުމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނުވާނެ ކަމަށް ވިދާޅުވެ، "ބާޣީ" ގޮވި މީހުންނަށް ހިތްބުރަކަމެއް ނެތް ކަމަށް ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޕާޓީ އުފެއްދެވުމުގައި އިސްކޮށްއުޅުއްވާ ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގެ މީޑިއާ އަކަށް ދެއްވި ބަސްދީގަތުމެއްގައެވެ. ނާޒިމް ވިދާޅުވީ، އޭނާއަކީ ވަރަށް ވަޠަނީ މީއްކަމަށާއި، ސިފައިންގެ ޚިދުމަތުގައި ލިބިވަޑައިގެންނެވި ޑިސިޕްލިންގެ ސަބަބުން ޤައުމީވަންތަ ކަމަކީ އަބަދުވެސް އެންމެ އިސްކަމެއް ދެއްވޭ ފަލްސަފާ ކަމަށެވެ.

ފެބްރުއަރީ ހަތެއްގައިވެސް ޖުމްހޫރީ މައިދާނުގައި ދެއްވި މެސެޖަކީ ރައްޔިތުންގެ ފަރާތުން ދެއްވި މެސެޖެއް ކަމަށާއި، އެދުވަހު ރައީސް ނަޝީދާ ދިމާވެފައިވެސް ނުވާކަމަށް ނާޒިމް ވިދާޅުވިއެވެ. އަދި އެދުވަހު ކުރެއްވީ ޤައުމީ މަސައްކަތެއް ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑާ ދިމާލަށް ގޮވަންވީ ކޮންމެ އެއްޗެއްވެސް. އަޅުގަނޑުގެ ހިތުގައެއް ނެތްބުރަކަމެއް." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުން ކަމަށް ބަޔަކު މީހުން ބުނި ނަމަވެސް، އެދުވަހު ކަންހިނގާދިޔަގޮތް ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނީ) ރިޕޯޓުގައި ސާފުކޮށް އޮންނާނެ ކަމަށެވެ. އަދި އެދުވަހު އޭރުގެ ނައިބުރައީސަށް ހުވާލައިދެއްވުމުގެ އިންތިޒާމްތައް ކުރެއްވީ މިހާރުގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކަމަށާއި، ނަމަވެސް ޝާހިދުވެސް މިހާރު ހުންނެވީ އެމްޑީޕީގައި ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

07 ފެބްރުއަރީ 2012 ގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުންކަމަށް ބުނެ އެމްޑީޕީން މިއަދާއި ހަމައަށް ވެސް ދަނީ އެމައްސަލަ ތަހުގީގުކޮށް ބެލުމަށް ގޮވާލަމުންނެވެ. ނަމަވެސް އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ، 7 ފެބްރުއަރީގައި ލީޑް ކުރެއްވި ހުރިހާ ބޭފުޅުންނާ ގުޅި ކޯލިޝަނެއް އެކުލަވާލައިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން