ދޮންބިލެއް އަޙްމަދު ޙަލީމް ރައީސް ނަޝީދުގެ އަރިހުގައި | ފޮޓޯ: ސޯޝަލްމީޑިއާ
ދޮންބިލެއް އަޙްމަދު ޙަލީމް ރައީސް ނަޝީދުގެ އަރިހުގައި | ފޮޓޯ: ސޯޝަލްމީޑިއާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ޖާނުންފިދާވުމުގެ ޙަމަލާއެއް ދޭން ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ ތަހުގީގް އަދިވެސް ނުނިމޭކަމަށް ފުލުހުން މައުލޫމާތު ދެއްވާކަމަށެވެ. އަދި އެ ހަމަލާގެ ފަހަތުގައި ތިބި މީހުން ނުހޯދެނީސް ރާއްޖެ ވަޑައިގަތުމަކީ އެމަނކުފާނުގެ އާއިލާއާއި އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު ހަލީމް ވިދާޅުވީ ރައީސް ނަޝީދު ރާއްޖެ ވަޑައިނުގަންނަވާ ޙަޤީޤީ ސަބަބަކީ އެމަނިކުފާނަށް ހަމަލާ ދިން މީހުން މަގުމަތީގައި ދޫވެފައި ތިބުމާއި، އެމަނިކުފާނަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދީފާނެ ކަމުގެ މައުލޫމާތު ލިބެމުންދާތީ ކަމަށެވެ. އޭގެ އިތުރުން ރައީސް ނަޝީދަށް ލިބެންޖެހޭ ރައްކާތެރިކަން ސަރުކާރަށް ކަށަވަރުކޮށްދެވިދާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށްވެސް ޙަލީމް ވިދާޅުވިއެވެ.

ދޮންބިލެއް އަހުމަދުގެ މިފަދަ ހައްސާސު ތުހުމަތާއި ގުޅިގެން ފުލުހުންވެސް އަދި ރަސްމީ އެއްވެސް ފަރާތަކުން ވެސް އަދި ބަހެއް ނުބުނެއެވެ. މެއި ހައެއްގެ ހަމަލާގެ ކުރިންވެސް ރައީސް ނަޝީދަށް ހަމަލާއެއް ދޭން ރާވަމުންދާ ކަމުގެ މައުލޫމާތު އެމްޑީޕީގެ މަޖިލިސް މެންބަރަކަށް ލިބިވަޑައިގެންފައި ވީ ނަމަވެސް އެ ވާހަކަ ރަސްމީކޮށް ރަސްމީ އެއްވެސް ފަރާތަކާއި ހިއްސާކޮށްފައި ނުވާ މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ރައީސް ނަޝީދަށް ހަމަލާދީފައި ވަނީ އެމަނިކުފާނުގެ ގެކޮޅު، ގ. ކެނެރީގެ ކައިރިން ކާރަށް އަރާވަޑައިގަންވަނިކޮށް އައިއީޑީ އެއް ގޮއްވާލައިގެންނެވެ. އަދި އެ ހާދިސާގައި ރައީސް ނަޝީދުގެ ކާރު ޑްރައިވަރަށާއި، 2 ބޮޑީގާޑެއްގެ އިތުރުން މަގުމަތިން ދިޔަ ބައެއް މީހުންވެސް ޒަހަމްވެފައިވެ އެވެ. އެ ޙަމަލާ އަށްފަހު އިތުރު ފަރުވާއަށް ޖަރުމަންވިލާތުގައި އުޅުއްވުމަށްފަހު ރައީސް ނަޝީދު މިވަގުތު ވަޑައިގެން އުޅުއްވަނީ އިނގިރޭސިވިލާތުގައެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވަން ޖެހިލުންވެވަޑައިގަންނަވާކަން ހާމަކުރައްވާފައި ވާއިރު، މީގެ ކުރިން އެމަނިކުފާނު ވަނީ ސެޕްޓެމްބަރުމަހު ރާއްޖެ ވަޑައިގަންނަވާނެކަން ހާމަކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހުންނެވިނަމަވެސް މަޖިލީހާއި ދައުލަތަށް ހިދުމަތް ކުރެއްވުމުގެ މަސައްކަތް ކުރިއަށްގެންދަވާނެކަމަށެވެ.

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހެެއްގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ދަޢުވާކޮށްފައެވެ. އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު 25، އާއި މއ. ފޭރުގެ މުޖާޒް އަހުމަދު 21، އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު 32، ގެ އިތުރުން ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން