ޢަލީ ވަޙީދު، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަރިހުގައި
ޢަލީ ވަޙީދު، ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމްގެ އަރިހުގައި
ޖުމްހޫރީ ޕާޓީގެ ރައީސް ކަމުން ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު އަލީ ވަހީދު ވަކި ކުރުމާމެދު އެޕާޓީގެ ރޭގެ ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށްފައި ނުވާކަން "ރަސްއޮންލައިން އަށް ކަށަވަރު ވެއްޖެވެ.

މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި މަޤާމުން ވަކިކޮށްފައިވާ ޢަލީ ވަހީދުގެ މައްސަލަ ޖުމްހޫރީ ޕާޓީން ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެންބަރަކު ކައުންސިލްގެ ސަމާލުކަމަށް ގެންނެވި ނަމަވެސް ކައުންސިލުގެ ރޭގެ ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރިޔާސަތު ބެލެހެއްޓެވި އެޕާޓީގެ 142 ވަނަ ކައުންސިލް ބައްދަލުވުމުއި، ގާސިމް ވިދާޅުވެފައިވަނީ އަލީ ވަހީދުގެ މައްސަލައިގައި މެންބަރުންގެ ކަންބޮޑުވުމެއް އޮތްނަމަ ޕާޓީގެ ސުލޫކް ކޮމިޓީއަށް ހުށައަޅުއްވައިގެން އެކޮމީޓިގެ ތެރެއިން ގޮތެއް ނިންމިދާނެ ކަމަށެވެ.

ޖިންސީ ގޯނާއާއި ބަދު އަޚުލާގީ އަމަލުތަކެއްގެ ތުހުމަތު ކުރެވި ކަމާބެހޭ ފަރާތްތަކުން އެމައްސަލަތައް ބަލަމުން ދާތީ ޖުމްހޫރީ ޕާޓީގެ ރައީސްކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އެ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް މީގެ ކުރިން ވަނީ އެދިވަޑައިގެންފައެވެ.

އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ. އަދި މިމައްސަލައިގައި އަލީ ވަޙީދުގެ ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު މުރާޖަޢާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމަށްޓަކައި އަލީ ވަހީދުގެ ޕާސްޕޯޓް ކޯޓުން ވަނީ ދޫކޮށްލާފައެވެ.

ނަމަވެސް ބޭސްފަރުވާއަށް ވަޑައިގަތުމަށް ހުއްދަދިން މުއްދަތު ފަހަނައެޅި އިރުވެސް ޢަލީ ވަޙީދު ރާއްޖެއަށް ވަޑައިގެންފައިނުވާތީ، ޢަލީ ވަޙީދުގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށްގެންދަން ނިންމި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަށް ހާޒިރުވާން ސުޕްރީމް ކޯޓުން ޗިޓު ފޮނުވުމުންވެސް އަޑުއެހުމަށް ހާޒިރުވެފައި ނުވެއެވެ. އަދި އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ދެ މަހާއި 12 ދުވަހަށް ޢަލީ ވަޙީދު، ޖަލަށް ލާން އޯގަސްޓު މަހުގެ 11 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން