ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނާއި ޕެންޑްރައިވް.
ނާޒިމް ދިރިއުޅުއްވާ ކޮޓަރިން ފެނުނު ކަމަށް ބުނާ ފިސްތޯލަ އާއި ތިން ވަޒަނާއި ޕެންޑްރައިވް.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފްރޭމް ކުރިކަމަށް ބުނެ ކާނަލް ނާޒިމް ހެއްދެވީ އިތުރުފުޅެއް ކަމަށް އިދިކޮޅު ޕީޕީއެމުން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމުން މިއަދު ނެރެފައިވާ ބަޔާނެއްގައި ކުރީގެ ޑިފެންސް މިނިސްޓަރ، އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ޙަޤީޤަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފައި ވެއެވެ. ދާދިފަހުން ކާނަލް ނާޒިމް ވިދާޅުވެފައިވަނީ، އޭނާ ޖަލަށްލާފައިވަނީ ފްރޭމްކޮށްގެން ކަމަށާއި، އަދި އެއީ ރައީސް ޔާމީނަށް އެނގިވަޑައިގެން ހިނގާފައިވާ ކަމެއް ކަމަށެވެ.

އެކަމާ ގުޅިގެން ޕީޕީއެމުން ބުނީ، ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައި އޮންނަނީ ވަޒީރުންނަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން، ހަތިޔާރު ގެއަށް ގެންދެވޭ ގޮތަށް ނޫން ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން އިތުރުފުޅެއް ކަމަށާއި، އަމިއްލަފުޅު ބޭނުމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި ހަމައެއާއެކު ނާޒިމް ދިރިއުޅުއްވި ގެއިން ފިސްތޯލައެއް ފެނުނުކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައިވަނީ، އެ ގެއިން ހަތިޔާރު ފެނުނު ފަހުންކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކާނަލް ނާޒިމް ދައްކަވާފައިވަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، ވަޒީރުން ހަތިޔާރު ގެންގުޅުމާއި ގުޅޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކަކީ ޙަޤީޤަތާއި ޚިލާފު ވާހަކަތަކެއްކަމަށްވާތީ، އެކަމާ ކަންބޮޑުވާ ކަމަށް ޕީޕީއެމްގެ ބަޔާނުގައި ވެއެވެ. ވީމާ އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ޙަޤީޤަތް ހާމަކޮށްދެއްވުމަށް ޕީޕީއެމުން ނާޒިމަށް ގޮވާލާފައި ވެއެވެ.

ޖެނުއަރީ، 2015 ގައި ނާޒިމް ދިރިއުޅުއްވި ގ. އެނިފް ގޭގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، އެ މައްސަލަ އަލުން ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވަނީ ނާޒިމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން