މ. މަޑުއްވަރީ ސިއްޙީ މަރުކަޒު | ރަސް ފޮޓޯ
މ. މަޑުއްވަރީ ސިއްޙީ މަރުކަޒު | ރަސް ފޮޓޯ
ސްކޫލް ކުއްޖަކު ޕޮޒިޓިވްވުމާ ގުޅިގެން މ. މަޑުއްވަރި މޮނިޓަރިންގެ ޙާލަތަށް ބަދަލުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މ. މަޑުއްވަރިއަށް އަރައި ފޭބުން މަނާކުރީ ރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއްގެ ނަތީޖާ ލިބުނުއިރު ޕޮޒިޓިވްވެފައި ވާތީއެވެ. އެރަށުން ޕޮޒިޓިވް ވެފައިވަނީ ސްކޫލްގައި ތަޢުލީމް ޙާސިލްކުރަމުންދާ ދަރިވަރެކެވެ.

އެޗްޕީއޭއިން މ. މަޑުއްވަރި މޮނިޓަރިންގ ހާލަތަށް ގެނެސްފައިވަނީ އެ ކޭސްއާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލައި ނިމެންދެނެވެ.

މަޑުއްވަރީގެ އިތުރުން ގއ. ކަނޑުހުޅުދޫ ވެސް މިއަދު ވަނީ މޮނިޓަރިންއަށް ލައިފައެވެ. ކަނޑުހުޅުދޫ މޮނިޓަރިނަށް ލާފައިވަނީ، އެރަށު ހެލްތް ސެންޓަރުގެ ތަރުޖަމާނު ކޯވިޑް-19 އަށް ޕޮސިޓިވްވުމާ ގުޅިގެންނެވެ.

މަޑުއްވަރިއާއި، ކަނޑުހުޅުދޫ އާއެކު، މިވަގުތު ރާއްޖޭގެ 17 ރަށެއް އޮތީ މޮނިޓަރިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން