"ބިރަކާހުރެ ބޮޑު ވަޒީރުކަން ނުލިބޭނެ" ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
މެއި ހައެއް ގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޙަމަލާގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމުގެ ކުރިން ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާކަމަށާއި، ނަމަވެސް ރާއްޖެއިން ބޭރުގައި ހުންނަވައިގެން މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތު އުފުއްލަވާނެ ކަމަށް ރައީސް ނަޝީދު ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން އަލްހާން ވިދާޅުވީ، "ބިރަކާހުރެ ބޮޑު ވަޒީރުކަން ނުލިބޭނެ" ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ތަޅުމަށް ޙާޟިރު ނުވެވުމަކީ މަގާމުން އިސްތިއުފާދޭންޖެހޭ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވުމުން އަލްހާން ވަނީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. އަލްހާން ވިދާޅުވީ، މިހާރު ރާއްޖެ އޮތީ ކޮވިޑްގެ ޙާލަތުން ޢާންމު ޙާލަތަށް ބަދަލުވެފައި ކަމަށެވެ. އެހެންކަމުން މިއީ މޫސަ ވިދާޅުވާ ފަދަ ޚާއްސަ ޙާލަތެއް ކަމަށް ބަލާނެ ޖާގައެއް ނެތްކަމަށް އަލްހާން ވިދާޅުވިއެވެ.
"ޚާއްސަ ޙާލަތެއް ނެތް! ޓެރެރިސްޓް ހަމަލާއެއް ދުވަހަކުވެސް ބަަޔަކު ނުދޭނެ ކަމުގެ ޔަގީންކަން ދައުލަތުން ނުދެވުމަކީ އުޒުރެއް ނޫން! ބަހަނާއެއް!" އަލްހާން ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން އަލްހާން ވިދާޅުވީ މީގެ ކުރިންވެސް މަޖިލީހުގެ މެންބަރަކު މަރާލައި އިތުރު މެންބަރަކަށް ވަޅިންވެސް ޙަމަލާދީފައިވާ ކަމަށެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ޢުޒުރުވެރިވާކަން ހާމަކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. ނަމަވެސް ރީކޯ މޫސަ ވިދާޅުވީ، ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖިލީހުގެ މެމްބަރުން ކޮންމެތާކު ހުންނެވި ނަމަވެސް ޖަލްސާގައި ބައިވެރިވެވޭކަން ކޮވިޑްގެ ޙާލަތުގައި އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޮންލައިންކޮށް ޖަލްސާތައް ބާއްވަވައި ޙާޒިރީވެސް ޤަބޫލުކޮށް ބިލްތައްވެސް ފާސްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
"މަޖިލީހުގެ ރައީސަށް ތަޅުމަށް ޙާޟިރު ނުވެވުމަކީ އިސްތިއުފާދޭންޖެހޭ ކަމެއް ނޫން." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ޖަރުމަންވިލާތުން ބޭސް ފަރުވާ ކުރެއްވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެެވެ.

މިހާރު އޮތީ ކޮވިޑްގެ ޙާލަތުން ޢާމްމު ޙާލަތަށް ބަދަލުވެފަ!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) August 20, 2021
ޚާއްސަ ޙާލަތެއް ނެތް! ޓެރެރިސްޓް ހަމަލާއެއް ދުވަހަކުވެސް ބަަޔަކު ނުދޭނެ ކަމުގެ ޔަގީންކަން ދައުލަތުން ނުދެވުމަކީ އުޒުރެއް ނޫން! ބަހަނާއެއް!
މަޖްލިސް މެމްބަރަކު މަރާލާފަ ވެއްޖެ! ވަޅި ޖަހާފަ ވެއްޖެ!
ރައްކާތެރިކަން ޔަގީން؟ https://t.co/Z6LN74XSMd
އޭގެ އިތުރުން އަލްހާން ވިދާޅުވީ މީގެ ކުރިންވެސް މަޖިލީހުގެ މެންބަރަކު މަރާލައި އިތުރު މެންބަރަކަށް ވަޅިންވެސް ޙަމަލާދީފައިވާ ކަމަށެވެ.
ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަށް ޢުޒުރުވެރިވާކަން ހާމަކުރެއްވުމުން އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާފައެވެ. ނަމަވެސް ރީކޯ މޫސަ ވިދާޅުވީ، ޒަރޫރީ ޙާލަތެއް މެދުވެރިވެގެން މަޖިލީހުގެ މެމްބަރުން ކޮންމެތާކު ހުންނެވި ނަމަވެސް ޖަލްސާގައި ބައިވެރިވެވޭކަން ކޮވިޑްގެ ޙާލަތުގައި އެނގިގެން ގޮސްފައިވާ ކަމަށެވެ. އަދި މީގެ ކުރިން އޮންލައިންކޮށް ޖަލްސާތައް ބާއްވަވައި ޙާޒިރީވެސް ޤަބޫލުކޮށް ބިލްތައްވެސް ފާސްކޮށްފައިވާ ކަމަށް މޫސަ ވިދާޅުވިއެވެ.
"މަޖިލީހުގެ ރައީސަށް ތަޅުމަށް ޙާޟިރު ނުވެވުމަކީ އިސްތިއުފާދޭންޖެހޭ ކަމެއް ނޫން." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.
މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން އެމަނިކުފާނު އަދި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ޖަރުމަންވިލާތުން ބޭސް ފަރުވާ ކުރެއްވުމަށްފަހު ރައީސް ނަޝީދު މިހާރު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. އަދި ހަމަލާ ރާވައި ހިންގި މީހުން ހައްޔަރު ނުކުރަނީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ޖެހިލުންވެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދު މިހާރު ވަނީ އެމަނިކުފާނުގެ ޗުއްޓީ އިތުރުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އެދިވަޑައިގެންފައެެވެ.
ކިޔުންތެރިންގެ ހިޔާލު