ކޯވިޑް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރީގެ ރައީސް، ރައީސް މައުމޫން ޢަބްދުލްޤައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތަކަށް ސަރުކާރުން މިހާރު ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. ސަރުކާރުން އެ ލުއިތައް ދީފައިވަނީ، ރާއްޖޭގައި ކޯވިޑް ކޮންޓްރޯލް ކުރެވި ގިނަ ޢަދަދެއްގެ ބަޔަކު ވެކްސިންގެ ދެ ޑޯޒްވެސް ފުރިހަމަ ކުރުމާ ގުޅިގެންނެވެ.
ކޯވިޑް ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ގޮވާލައްވައި ރައީސް މައުމޫން ވިދާޅުވީ، ކޯވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
ދާދިފަހުން ރައީސް ސާލިޙު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ. މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެެވެ.

ކޯވިޑްފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޝްރީލަންކާގައި ރޭއްސުރެފެށިގެން މިމަހުގެ 30 ވަނަދުވަހުގެ ނިޔަލަށް ލޮކްޑައުން އިޢުލާންކޮށްފި. ރާއްޖޭގައި އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ހަރުދަނާކުރަން ޖެހޭ @HPA_MV
— Maumoon Abdul Gayoom (@maumoonagayoom) August 21, 2021
ދާދިފަހުން ރައީސް ސާލިޙު ވަނީ ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ އެންމެންނަށް ބޭނުންވާ މިންވަރަށް މިހާރު ރާއްޖެއަށް ވެކްސިން ލިބިފައިވާކަން އިޢުލާނުކުރައްވާފައެވެ. އަދި 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމާއެކު ސަރުކާރުގެ އަމާޒަކީ މި އޯގަސްޓް މަސް ނިމުމުގެ ކުރިން ހުރިހާ ކުދިންނަށްވެސް ކޯވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި ނިންމުމެވެ. ސްކޫލު ކުދިންގެ 12 އަހަރާއި 17ގެ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންވާ ވަރަށް ފައިޒާ ވެކްސިން މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.
ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ރާއްޖެއަށް ވެކްސިންލިބި އަދި މިހާތަނަށް ވެކްސިން ޖެހޭ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންދީ ނިމިފައިވާއިރު މިއީ ރާއްޖެއަށްވުރެ ހުރިހާ ގޮތަކުން ކުރިއަރާފައިވާ ބައެއް ޤައުމުތަކާއި އަޅާބަލާއިރުވެސް ބޮޑު ކުރިއެރުމެކެވެ.
ރާއްޖޭގައި މިހާތަނަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް، މުޅި އާބާދީގެ 80 އިންސައްތަ މީހުން ވަނީ ޖަހާ ނިންމާފައެވެ. އަދި އާބާދީގެ 69 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ވެސް ޖަހާ ނިންމާފައެވެ. މި އޯގަސްޓުމަހުގެ ނިޔަލަށް ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ދީ ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެެވެ.
ކިޔުންތެރިންގެ ހިޔާލު