އައްޑޫގައި ކުރިއަށްދާކަމަށް ރައީސް ސާލިހު ވިދާޅުވި ޕްރޮޖެކްޓްތައް ފެނިވަޑައި ނުގެންނެވިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވުމާ ގުޅިގެން ޕްރޮޖެކްޓްތަކުގެ ތަފްސީލް ބެއްލެވުމަށް ސިޓީ ކައުންސިލަށް ޒިޔާރަތް ކުރެއްވުމަށް އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރުގެ ޚާއްސަ ދަޢުވަތެއް ސަޢީދަށް ފޮނުއްވައިފިއެވެ.
އައްޑޫ ސިޓީއަށް ޕީޕީއެމް ޕީއެންސީގެ ލީޑަރޝިޕްގެ ޓީމެއް ވަޑައިގެން، އެ ސިޓީގެ ރައްޔިތުންނާއި ބައްދަކުރަމުންދާ މި ދަނޑިވަޅުގައި ސައީދު ވިދާޅުވީ އައްޑޫ ސިޓީގައި ކުރިއަށްދާކަމަށް ވިދާޅުވި 60 ޕްރޮޖެކްޓް ހޯދަން ވަރަށް މަސައްކަތްކުރެވިއްޖެކަމަށެވެ. ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ނުހިނގާ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ސަޢީދުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫގައި ހިނގަމުންއަންނަ ޕްރޮޖެކްޓްތަކުގެ ޖުމްލަ ޢަދަދު 70 އަށް އަރާފައިވާ ކަމަށެވެ. އަދި ޕްރޮޖެކްޓް ތަކުގެ ތަފްސީލީ ޕްރެޒެންޓޭޝަނެއް އެރުވުމަށްވެސް ތައްޔާރަށް ހުންނެވި ކަމަށް މޭޔަރު ނިޒާރު ވިދާޅުވިއެވެ.
"މަނިކުފާނަށް އައްޑޫސިޓީ ކައުންސިލަށް ވަޑައިގަތުމަށް ދަޢުވަތު އަރުވަން." މޭޔަރު ނިޒާރު ވިދާޅުވެފައިވެއެވެ.
ސަޢީދު މިއަދު ވިދާޅުވީ، 40 ބިލިއަން ރުފިޔާގެ ބަޖެޓުން އައްޑޫއަށް ވައުދުވި ކަންކަމާއި، އިންޑިއާއިން ނެގި ލޯނުތަކުން ރައްޔިތުންނަށް ކޮށްދޭން ބުނި އެއްވެސްކަމެއް ތަންފީޒުވެފައި ނުވާކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އިތުބާރު މިސަރުކާރަށް ނެތްކަމަށް ސައީދު ވިދާޅުވިއެވެ.
މިސަރުކާރުންވެސް އައްޑޫ ސިޓީގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ވައުދުވެފައިވީނަމަވެސް، އެކަންކަން ހަގީގަތަކަށް ހެދުމުގައި ވަރަށް ބޮޑަށް ލަސްވެފައިވާކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު