ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް އަދާލަތު ޕާޓީން އިސްތިއުފާ ދެއްވައިފިއެވެ.
ޝިދާތާ ޢަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވިއިރު މިހާތަނަށް އެކަމަނާ ހުންނެވީ އަދާލަތު ޕާޓީގެ ހާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީގެ ރައީސްކަމުގެ މަގާމުގައެވެ.
މިސަރުކާރު ވެރިކަމަށް ގެނައުމަށާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިނިވަން ކުރުމަށް އެންމެ ބުރަކޮށް މަސަަްކަތްކުރަށްވައި ވަކާލާތު ކުރެއްވި ޝިދާތާ މިއަދު ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގަންނަވާކަން އެޕާޓީގެ މަޝްވަރާ މަޖިލީހަށް އަންގަވާފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޝިދާތާ ޢަދާލަތު ޕާޓީން އިސްތިޢުފާދެއްވި ސަބަބު މާދަމާ މީޑިއާއަށް ރަސްމީކޮށް ހާމަ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ އާއި، އަންހެނުންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ ޢަމަލުތައް ބޮއްުސުންލައި، އެ މައްސަލަތައް ޙައްލު ކުރުމުގައި ޝިދާތާގެ ޤާބިލް ކަމެއް ނެތްކަމުގެ އަޑުތައްގަދަވެ ޖެންޑަރ މިނިސްޓަރު ކަމުގެ މަޤާމުން ޝިދާތާ އިސްތިއުފާ ދެއްވީ 2020 ވަނަ އަހަރުގެ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ.
ޝިދާތާ އިސްތިއުފާ ދެއްވީ އެކަމަނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ތައްޔާރުވަމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު