ނިޒާމީ ވޯޓަކީ ރައީސް ނަޝީދު ވެރިކަމަށް ގެންނަން ބޭނުންވާ މީހުންގެ ވޯޓެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހުމަދު ހައިލަމް މިއަދު ވިދާޅުވީ، ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ރައީސް ނަޝީދު މިހާރު ކުރަށްވަމުން ގެންދަވާ މަސައްކަތަކީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ތާޢީދު ކުރާ މީހުން ދެނެގަތުމަށް ނަގަން މަސައްކަތްކުރާ ވޯޓެއް ކަމަށެވެ.
ރައީސް ނަޝީދު މިއަދު ވިދާޅުވީ، ނިޒާމީ ވޯޓަކީ މުޅި ރައްޔިތުންގެ ވޯޓެއް ކަމަށާއި، އެއީ ވަކި ޕާޓީއެއްގެ ވޯޓެއް ނޫން ކަމަށެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ހަމައެކަނި ނިޒާމުގެ ވައުދުގެ ވާހަކަ އެކަނި ނޫން ކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އޮނިގަނޑު ބަދަލުކުރުމަކީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ވައުދު ކަމަށްވެސް ހައިލަމް ވިދާޅުވިއެވެ.
"ޖޭއެސްސީގެ އޮނިގަނޑު ބަދަލުކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެގެންތޯ؟ އިންސާފެއް ނެތޭ ކިޔައިގެން ދޮގު ވިއްކި ދުވަސްމަތިން ހަނދުމަފުޅު ނެތުނީތޯ؟" ހައިލަމް ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

މެނިފެސްޓޯގައި އޮތީ ނިޒާމުގެ ވައުދުގެ ވާހަކަ އެކަނިތޯ؟ @MaldivesJSC ގެ އޮނިގަނޑު ބަދަލުކުރުމަކީ މެނިފެސްޓޯގައި ހިމެނޭ އެންމެ ބޮޑު ވައުދު. އޮނިގަނޑު ބަދަލުކުރުމަށް ޕެޓިޝަނާއި ޤަރާރު ހުށަނާޅަނީ ކީއްވެގެންތޯ؟ އިންސާފެއް ނެތޭ ކިޔައިގެން ދޮގު ވިއްކި ދުވަސްމަތިން ހަނދުމަފުޅު ނެތުނީތޯ؟ https://t.co/C1WvyG2uQD pic.twitter.com/LHj15yAfUz
— Ahmed Hailam (@AhmedHailam) August 22, 2021
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމަނިކުފާނު ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން އިތުރު މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު