ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ކަމުދާ ނިޒާމެއް ނޫން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު އިއްޔެ ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ ރައްޔިތުން އެއް ފަހަރު ބަލައިނުގަތް ނިޒާމެއް ކަމަށާއި، އަދި އެއީ ރާއްޖެ ފަދަ ކުދި ޤައުމުތަކަށް އެއްވެސް ގޮތަކަށް އެކަށީގެންވާ ނިޒާމެއް ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުންގެ ތާޢީދު ބަރުލަމާނީ ނިޒާމަށް ނެތްކަމަށްވެސް ޝައިޚް ޢަލީ ޒައިދު ވިދާޅުވިއެވެ.
"ޕެޓިޝަން ހެދިޔަސް ރައްޔިތުން އެ ބަލައި ނުގަންނާނެ." ޝެއިޚް ޒައިދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރަށްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

Barulamaany Nizaamaky raajje ge Rayyiyhun 1 faharu reject kohfaivaa nizaameh! Adhi mi e Raajje kahala kuda qaumakah ehves gothakun ekashygen vaa nizaameh noon! Barulamaany ah eyruves mihaaru ves thaaeedheh neh! Petition hedhiyas Rayyithun e balai nugannaane!
— Ali Zaid (@alizaid1000) August 21, 2021
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރަށްވާނީ ބަރުލަމާނީއަށް ތާއީދުކުރާ ކެންޑިޑޭޓުންނަށްކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ޕެޓިޝަނެއް ހުށަހެޅުމަށް އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފެކްޝަންގެ މެމްބަރުން ވަނީ މަސައްކަތްތަކެއް ފަށާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު