ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު
ދަޢުލަތުގެ ބަންޑާރަނާއިބު އިބްރާހީމް ރިފްޢަތު
ނަފްރަތުގެ ޢަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ޤާނޫނުލްއުޤޫބާތަށް އިޞްލާޙުގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި، އިސްލާމީ ޝަރީޢާގެ ދާއިރާގެ ޢިލްމީ ބޭފުޅުންނާ ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު މިއަދު ބައްދަލު ކުރަށްވައިފިއެވެ.

ބަންޑާރަނާއިބުގެ އޮފީހުން ބުނީ، މި ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސްކުރައްވާފައިވާ ބިލުގެ ދެލިކޮޕީއާމެދު މަޝްވަރާކޮށް، އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ބައްދަލުވުމުގެ ބައިވެރިން ހުށައަޅުއްވާފައިވާ ކަމަށެވެ.

އޭޖީ އޮފީހުން ބުނީ މިއީ، ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެއް ކަމަށެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލްޢުޤޫބާތަށް ސަރުކާރުން ހުށަހެޅި ބިލާގުޅިގެން ގިނަ ބައެއްގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން