މަޤާމުން އެކަހެރި ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
މަޤާމުން އެކަހެރި ކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލައިގެ ތަޙްޤީޤު ބަޔާންނެގީ ގޯސްކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އަންގައިފިއެވެ.

ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މަޙްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އާންމު އުސޫލުތަކުގެ ދަށުން ޖިނާއީ މައްސަލަތަކާއި ގުޅިގެން ބިދޭސީންގެ ބަޔާން ނެގުމުގެ ކަންތައްތައް އިންތިޒާމު ކުރާނީ އެ މީހެއް ހުރި ގައުމެއްގެ ސަރުކާރެއްގައި ގާނޫނީ އެހީތެރިކަމަށް އެދިގެން ކަމަށާއި، ނަމަވެސް މަޙްލޫފްގެ މައްސަލާގައި ހެކިބަސް ނަގުމުގައި އެކަމަށް ރިޢާޔަތް ކޮށްފައި ނުވާކަމަށް ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.

"ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ ކަންޑައުޑާ އަރައްޗަންގީގެ ބަޔާން ނެގުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ތިޔަ ކޮމިޝަނުން އަމަލުކޮށްފައިވަނީ މިފަދަ ކަންކަމުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާއި ގާނޫނުގައިވާ ގޮތަށް ނޫންކަމަށް މިނިސްޓްރީގެ ނޯޓުގައި ބަޔާންކޮށްފައިވޭ،" ރައީސް އޮފީހުގެ ސިޓީގައި ވެއެވެ.

މި ސިޓީއާ ގުޅިގެން ރައީސް އޮފީހުންނާއި، ރިޔާސީ ކޮމިޝަނުން ރަސްމީކޮށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

މަޙްލޫފް ގެންދަވަނީ އޭނާއަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާކުރެވޭނެ ޤާނޫނީ ބުރަދަން ހުރި ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށައެޅީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އަދި މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން