އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ އެތެރޭގެ އިންތިޚާބަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފްގެ ޝަރުތު ހަމަނުވާ ކަމަށް މަހުލޫފްގެ މައްސަލަ ބެލި އެމްޑީޕީގެ ޝަކުވާ ބަލާ ކޮމިޓީންވެސް މިރޭ ނިންމައިފިއެވެ.

ކެންޑިޑެސީ ބާތިލުކުރި މައްސަލާގައި މިހާރު ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ އަހުމަދު މަހުލޫފު މިއަދު ވިދާޅުވީ އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް މިދިޔަ އަންގާރަ ދުވަހު ހުށަހެޅުއްވި ޝަކުވާއަށް އެއްވެސް ޖަވާބެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެ އިންތިހާބަށް 30 ދުވަހަށް ވެފައި ވާތީ، ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަށް އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް މަަހުލޫފް ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް މަޙްލޫފް އެކަން ގެންނަވާފައި ވަނިކޮށް އެމްޑީޕީން މިރޭ ވަނީ މަޙްލޫފް ހުށައެޅުއްވި ޝަކުވާގެ މައްސަލައިގެ ޖަވާބު އޭނާއަށް ފޮނުވާފައެވެ. އެމްޑީޕީން ފޮނުވާފައިވާ ޖަވާބުގައި ބުނެފައިވަނީ، އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީން ނިންމާފައިވާ ނިންމުމަކީ ޕާޓީން ޤަބޫލުކުރާ އުސޫލުތައް ނެގެހެއްޓުމަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ފަރާތްތަކުގެ ކިބައިގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހޭނެ ކަމަށް ޕާޓީގެ ޤައުމީ ހިންގާ ކޮމިޓީން މިދިޔަ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ނިންމި ނިންމުމުގެ 04 ވަނަ ޝަރުތު މަޙްލޫފްގެ ކިބައިގައި ފުރިހަމަ ނުވާކަމަށް ޝަކުވާ ކޮމެޓީން ވަނީ ނިންމާފައެވެ.

މަހުލޫފުގެެ އިތުރުން ޕްލޭނިންގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވެސް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އެމްޑީޕީން ނިންމިއެވެ. އެކަމަކު، އެ މައްސަލަ އިސްތިއުނާފުކުރުމުން ކޮމިޓީން ވަނީ އެ ނިންމުން ބާތިލްކޮށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަކްރަމަށް ދީފައެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަހުލޫފްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އެމައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން ރައީސް ސާލިޙު ވަނީ މަގާމުގެ މަސްއޫލިއްޔަތު ތަކުން ޔޫތް މިނިސްޓަރު މަހުލޫފް ސަސްޕެންޑްކޮށްފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން