ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި އާދަމް ޝަރީފް (ވ)
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން (ކ) އާއި އާދަމް ޝަރީފް (ވ)
ވައްކަމާއި، ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން އުވާލަން ޖެހޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ، އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މި މޭރުމުން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލައިގެ ތަޙްޤީޤު ބަޔާންނެގީ ގޯސްކޮށްކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މަޙްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މެންބަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުބާރު ވަނީ މާކުރިން ވެސް ގެއްލިފައި ކަމަށާއި ރައްޔިތުންގެ ފައިސާ އިސްރާފުނުކޮށް، ކޮމިޝަނުގެ މެމްބަރުން ބަދަލުކުރަން ޖެހޭ ކަމަށެވެ. ނޫނީ ކޮމިޝަން އުވާލަން ޖެހޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މަޙްލޫފް ގެންދަވަނީ އޭނާއަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާކުރެވޭނެ ޤާނޫނީ ބުރަދަން ހުރި ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށައެޅީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އަދި މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން