ކުރީގެ ބަންޑާރަނާއިބު ފާޠިމަތު ދިޔާނާ ސަޢީދު
ކުރީގެ ބަންޑާރަނާއިބު ފާޠިމަތު ދިޔާނާ ސަޢީދު
ކޮމިޝަންތަކުން ކުރާ ތަޙުޤީޤުތަކަށް ސަރުކާރުން އަތްބޭނުން ހުއްޓާލަން ޖެހޭކަމަށް ކުރީގެ ބަންޑާރަނާއިބު ފާޠިމަތު ދިޔާނާ ސަޢީދު ވިދާޅުވެއްޖެއެވެ.

މަޝްހޫރު ޤާނޫނީ ވަކީލް ފާޠިމަތު ދިޔާނާ ސަޢީދު މި މޭރުމުން ވިދާޅުވެފައިވަނީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ، ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފްގެ މައްސަލައިގެ ތަޙްޤީޤު ބަޔާންނެގީ ގޯސްކޮށްކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އެންގެވުމާ ގުޅިގެންނެވެ. ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، މަޙްލޫފަށް ތުހުމަތު ކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ގާނޫނުތަކާއި ހިލާފަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ދިޔާނާ މިއަދު ވިދާޅުވީ، ރައީސް އޮފީހުގެ އެ ޢަމަލަކީ މަސްލަހަތު ފުށު އެރުމުގެ ގާނޫނާއި، ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގެ ރޫޚާ ޚިލާފު ކަމެއް ކަމަށެވެ.

"ތަހުގީގީ ޕްރޮސެސްތަކަށް އަތް ބާނައި މިސްރާބު އަނބުރައި ކިލަނބު ކުރުން ސަރުކާރުން ހުއްޓާލަން ޖެހޭ." ދިޔާނާ ވިދާޅުވެފައިވެއެވެ.

ރިޔާސީ ކޮމިޝަންތަކުގެ ގާނޫނުގެ 10 ވަނަ މާއްދާގައި ބަޔާން ކޮށްފައިވަނީ، ކޮމިޝަން އުފައްދަވަން އެކުލަވާލާ ރައީސްގެ ރިޔާސީ ގަރާރުގައި ބަޔާން ކޮށްފައި ނުވާހާ ހިނދަކު، ކޮމިޝަނަށް ހަވާލު ކުރެވޭ މައްސަލަތައް ބަލާނީ އެ ކޮމިޝަނަކުން ކަމަށެވެ.

މަޙްލޫފްގެ މައްސަލާގައި ރައީސް އޮފީހުން ބަސް ބުނެގައިވާއިރު، މަޙްލޫފް ގެންދަވަނީ އޭނާއަށް ތުހުމަތުކުރެވޭ މައްސަލާގައި ދަޢުވާކުރެވޭނެ ޤާނޫނީ ބުރަދަން ހުރި ހެއްކެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާކަން ތަހުޤީޤަށް ސާބިތުވުމާއި ގުޅިގެން މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށައެޅީ ޖޫން މަހުގެ 9 ވަނަ ދުވަހުއެވެ.

އަދި މިނިސްޓަރ މަޙްލޫފްގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވާތީ ޕްރޮސިކިއުޓަރ ޖެނަރަލް ވަކިގޮތެއް ނިންމަވަންދެން މިނިސްޓަރ މަޙްލޫފް މަސައްކަތުން އެކަހެރިކުރުމަށް ރައީސް ވަނީ އަންގަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން