ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު
އެމްޑީޕީ ހަރުގެއަކީ ވަކި ހާލަތެއްގައި ޕާޓީ ހަރުގެ ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

19 ވަނަ ރައްޔިތުން މަޖިލީހުގެ ނާއިބްރައީސްކަން ކުރަށްވާފައިވާ ރީކޯ މޫސާ މަނިކު މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭގޮތުން މިހާރު ސޮއިކުރަމުންދާ ޕެޓިޝަންގެ މަސައްކަތްތަކަށް އެމްޑީޕީގެ ހަރުގެތަކާއި ޖަގަހަތައް ބޭނުންކުރަމުންދާތީ އެކަމަށް ފާޑު ވިދާޅުވަމުންނެވެ. ބަރުލަމާނީ ޕެޓިޝަން ފުރުމުގައި ރަށްރަށުގައި އިސްކޮށް ޙަރަކާތްތެރި ވަމުން ގެންދަނީ އެމްޑީޕީގެ ރަށްރަށުގެ ގޮފިތަކުގެ ލީޑަރުންނެވެ.

ނަމަވެސް އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވީ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތަކީ އެމްޑީޕީން ކުރިއަށް ގެންދާ މަސައްކަތެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން މޫސަ ވިދާޅުވީ، އެމްޑީޕީ ހަރުގެއަކީ ވަކިހާލަތެއްގައި ޕާޓީ ހަރުގެއެއް ނޫން ކަމަށާއި، ނަމަވެސް ޕާޓީގެ އަސާސީ ޤަވާއިދު ބުނާގޮތުން ޕާޓީގެ ކަންކަމަށް ފިޔަވާ ޕާޓީގެ މުދަލާ އިމާރާތާ ތަކެތި ބޭނުން ކޮށްގެން ނުވާނެ ކަމަށެވެ.

"ކަރަޕްޝަން ހުއްޓުވުމާ މަނާކުރުން އެއީ ވެރިކަންކުރާ ޕާޓީއަށް އިސްތިސްނާއެއް އޮންނަކަމެއް ބާ؟" ޕާޓީގެ ޗެއާ ޕާސަން މިއަދު ދެއްކެވި ވާހަކައަށް ފާޑުވިދާޅުވަމުން މޫސާ މަނިކު ވިދާޅުވެފައިވެއެވެ.

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދުމަށް ފޮޓޯކޮޕީ ނެގުމާއި އެހެނިހެން ގޮތްގޮތުން ޕެޓިޝަނުގެ މަސަައްކަތަށް އެމްޑީޕީން އެހީވާން އެޕާޓީގެ މެމްބަރުން އެދުނު ނަމަވެސް އެކަން އެގޮތަށް ކޮށްނުދެވޭނެ ކަން ވެސް އެޕާޓީން ވަނީ އަންގާފައެވެ. ނަމެވެސް ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދަނީ ޕާޓީގެ ހަރުގެ ބޭނުންކޮށްގެންނެވެ.

އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން