ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު
އުތުރުތިލަފަޅާއި، ތިލަމާލެ މަޝްރޫޢު ތަޅުލެވިފައިވަނީ އެއްތަޅަކުން ކަމަށް ކުރީގެ އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ސަޢީދު މިއަދު ވިދާޅުވީ، އުތުރު ތިލަފަޅު މަޝްރޫޢާއި، ތިލަމާލެ ބްރިޖްގެ މަޝްރޫޢު ތަޅުލެވިފައިވަނީ އެއް ތަޅަކުން ކަމަށާއި، އުތުރު ތިލަފަޅު މަޝްރޫޢުގެ އެއްބަސްވުން ސައްޙަކަމަށް ރައީސް ޞާލިޙްވެސް ވިދާޅުނުވާނެ ކަމަށެވެ.

"އުތުރު ތިލަފަޅު އެއްބަސްވުން ރައްޔިތުންގެ މަޖިލީހުންވެސް ސިއްރުކޮށް ތިލަމާލެ ބްރިޖްގެ ނަމުގައި ސޮއިކުރުން ސައްޙައެއް ނުވާނެ." ސަޢީދު ވިދާޅުވެފައިވެއެވެ.

މިއަދު ސޮއިކުރި ބްރިޖް އެއްބަސްވުމާ ގުޅިގެން ސައީދު އިތުރަށް ވިދާޅުވީ، މިހާތަނަށް އައިއިރު ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރަން މި ސަރުކާރުން ކުރިކަމެއް ނެތް ކަމަށެވެ. އެންމެ ކުޑަމިނުން ރައީސް ޔާމީންގެ ސަރުކާރުން ހަދާ ނިންމާފައި އޮތް ރަންވޭ ވެސް ނުހުޅުވުނު ކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މިސަރުކާރުން ދަނީ ދަޢުލަތައް އިތުރު ބުރަ ޖައްސަމުން ކަމަށް ސަޢީދު ވިދާޅުވިއެވެ.

"40 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ޢާމްދަނީ އިތުރުކުރަން ކުރެވުނު އެއް ކަމެއް އެބައޮތްތޯ؟" މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ ސައީދު ސުވާލު އުފައްދަވާފައިވެއެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުގައި ސޮއި ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އަމީރު ވިދާޅުވީ ބްރިޖް މަޝްރޫއަކީ އިގްތިސޯދަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، މި މަޝްރޫއުގެ ސަބަބުން މާލެ ސަރަހައްދަށް ތަރައްގީ ލިބިގެންދާނެ ކަމަށެވެ.

އަދި މާލެ ސަރަހައްދުގެ ތޮއްޖެހުމަށް ބްރިޖް މަޝްރޫއުގެ ސަބަބުން ހައްލެއް ލިބިގެންދާނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން