މީ މުސާރަތައް ބޮޑުކުރަންވީ ވަގުތު ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވެއްޖެއެވެ.
ރައްޔިތުންނަށް ހެޔޮއަގުގައި މުދާ ފޯރުކޮށްދިނުމުގެ ރެކޯޑެއް އޮތް ލޮޓަސް ފިހާރައިގެ ވެރިޔާ، މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު އާރިފް (އާއްޓޭ) ވިދާޅުވީ، ކޯވިޑް-19 އާ ގުޅިގެން އެއްތަނުން އަނެއްތަނަށް މުދާ އުފުލުމަށް ބޭނުންކުރާ ބޯޓް ފަހަރު އިންތިހާއަށް މަދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ދުނިޔޭގައިވެސް ފްރެއިޓް ޗާޖަސް އިންތިހާއަށް މައްޗަށް ގޮސްފައިވާ ކަން އާއްޓޭ ފާހަގަ ކުރެއްވިއެވެ.
އާއްޓޭ ވިދާޅުވީ، މިޙާލަތުގައި މުދަލުގެ އަގުތައް ހިފެހެއްޓުމަކީ ވިޔަފާރިވެރިންނަށްވެސް ދަތި ކަމެއް ކަމަށާއި، ބާޒާރުގައި މުދަލުގެ އަގުތައް މައްޗަށް ދާނެކަމަށެވެ. އެހެންކަމުން މީ މުސާރަތައް ބޮޑުކުރަންޖެހޭ ވަގުތުކަމަށް އާއްޓޭ ވިދާޅުވިއެވެ.
"މުސާރަތައް ޙާލަތާއި އެއްގޮތަށް ބޮޑުކުރަންޖެހޭ ވަގުތުމީ." އާއްޓޭ ވިދާޅުވިއެވެ.
ކޯވިޑް-19 އާ ގުޅިގެން މުދަލުގެ އަގުތައް މައްޗަށް ގޮސްދާނެ ކަމަށް އާއްޓޭ ވިދާޅުވެފައިވާއިރު، ދާދިފަހުން ރައީސް ޞާލިޙް ވަނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އިޢުލާނު ކުރަށްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ ބޮޑުކުރާނީ ޓީޗަރުންގެ މުސާރަ ކަމަށާއި، ދެން ބޮޑުކުރާނީ ސިއްޙީ ދާއިރާގެ މުސާރަތައް ކަމަށެވެ.

Boat faharu madhu vumuge sababun mulhi dhuniyeyga freight dhanee aiy nufoaraa varah mahchah. Mudhaluge agu thah ves nuhifetteyne. Bazaaruga inthihaa ah mudhaa agu bodu vaane. Musaara thah haalathaai eggothah bodu kuran jehey vaguthu mee.
— Ahmed Arif (@Arttey) August 26, 2021
ކޯވިޑް-19 އާ ގުޅިގެން މުދަލުގެ އަގުތައް މައްޗަށް ގޮސްދާނެ ކަމަށް އާއްޓޭ ވިދާޅުވެފައިވާއިރު، ދާދިފަހުން ރައީސް ޞާލިޙް ވަނީ މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވާކަން އިޢުލާނު ކުރަށްވާފައެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި "ރަސް އޮންލައިން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ، ސަރުކާރުން އެންމެ ފުރަތަމަ ބޮޑުކުރާނީ ޓީޗަރުންގެ މުސާރަ ކަމަށާއި، ދެން ބޮޑުކުރާނީ ސިއްޙީ ދާއިރާގެ މުސާރަތައް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު