ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީޙް ޖަމާލް
ސަރުކާރު އިސްތިޢުފާ ދިނުމަށްފަހު ރައްޔިތުންނާ ޤައުމު ޙަވާލު ކުރެއްވުމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުޙައްމަދު މަލީހް ޖަމާލް ގޮވާލައްވައިފިއެވެ.

އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކުރުމުން އިދިކޮޅު ޕީޕީއެމާއި ގުޅިވަޑައިގެންނެވި މަލީހު މިއަދު މި މޭރުމުން ވިދާޅުވެފައި މިވަނީ ސަރުކާރުން ވެފައިވާ ހުރިހާ ވަޢުދެއް ފަސް އަހަރުގެ ތެރޭގައި ނުފުއްދޭނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ ޢަލީ އާޒިމް ވިދާޅުވުމާ ގުޅިގެން އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

މަލީޙް ވިދާޅުވީ، އެމްޑީޕީއާއި ޕީޕީއެމްގެ އެންމެ ބޮޑު ތަފާތަކީ އެމްޑީޕީއަކީ ވަޢުދުވެ ވަޢުދު ފުއްދަން ނޭގޭ ޕާޓީއަކަށް ވުން ކަމަށެވެ. އަދި ޕީޕީއެމަކީ ވަޢުދުވެ ވަޢުދު ފުއްދާނެ ޕާޓީއެއް ކަމަށް މަލީޙް ވިދާޅުވިއެވެ.

"އެމްޑީޕީއަށް ވައުދު ނުފުއްދެނީ އަޚްލާގު ދަށްވީމަ. އާޒިމާއި ސަރުކާރު އިތުރު ބަހަނާ ނުދައްކަވާ އިސްތިއުފާ ދެއްވާ ރައްޔިތުންނާއި ޤައުމު ހަވާލު ކުރައްވާ." މަލީޙް ވިދާޅުވެފައިވެއެވެ.

މިހާރުގެ ކޯލިޝަން ސަރުކާރު ގެންނަން ރައީސް ޔާމީންގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރެއްވި މަލީހު ޕީޕީއެމަށް ސޮއި ކުރެއްވުމަށް ފަހު ފުރަތަމަ ވެސް ގޮވާލައްވާފައި ވަނީ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަގުތުން ވަގުތަށް މިނިވަންކުރުމަށެވެ. އަދި 2023 ވަނަ އަހަރު ގައުމުގެ ވެރިކަމަށް އަލުން ރައީސް ޔާމީން ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވާނެކަމަށް މަލީހު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-3

ޙަސަންމަނިކު

01-Sep-2021

ރައްޔިތުންގެ ތާއީދެއް އަމުދުން ނެތް ޖަމީލާއި މަލީހު އަށް ރައްޔިތުންގެ ނަމުގަވާހަކައެއް ނުދެއްކޭނެ. ސަރުކާރު އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް. ޙެ ހެ ހެ….


-7

ޙަސަންމަނިކު

03-Sep-2021

ރައްޔިތުންގެ ތާއީދެއް އަމުދުން ނެތް ޖަމީލާއި މަލީހު އަށް ރައްޔިތުންގެ ނަމުގަވާހަކައެއް ނުދެއްކޭނެ. ސަރުކާރު އެއީ ރައްޔިތުން ހޮވާފައިވާ ސަރުކާރެއް. ޙެ ހެ ހެ….