މިހާރުވެސް މަޖިލީހުގެ ރައީސްކަމާއި ނައިބުރައީސްކަން ޚާއްސަވަނީ ވަކި އާއިލާއަކަށް ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ ރިޔާސީ ނިޒާމުގައިވެސް މަޖިލީހުގެ މަސައްކަތްތައް ހުރީ އެންމެ އެކަށޭނެ ގޮތަށް ނޫންކަމުގެ މިސާލު ޖައްސަވަމުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވީ، ރިޔާސީ ނިޒާމުގައި ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބުމުން ރައީސްކަމާ ނާއިބު ރައީސްކަން ހާއްސަވަނީ ވަކި އާއިލާއަކަށް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހުންނަވާއިރު، ނައިބުރައީސްކަމުގައި ހުންނަވަނީ އެމަނިކުފާނުގެ ޢާއިލީ ބޭފުޅެއްކަމަށްވާ އީވާ ޢަބްދުﷲ އެވެ.
އެކަމާ ގުޅިގެން ހަލީމް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި ކަންތައްތައް އޮންނާނެގޮތް އޮތީ ތަޞައްވަރު ކޮށްލުން ކަމަށެވެ.
ޙަލީމް މި މޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.

ރިޔާސީ ނިޒާމުގައި ވަކި ޕާޓީއަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބުނީމާ ރައީސްކަމާ ނާއިބު ރައީސްކަން މި ހާއްސަވަނީ ވަކި އާއިލާއަކަށް. ދެން ބަރުލަމާނީ ނިޒާމެއްގައި ކަންވާނެގޮތް ވިސްނަވާ 🇲🇻❤️
— Mohamed Haleem (@haleembai) August 28, 2021
ޙަލީމް މި މޭރުމުން ވިދާޅުވެފައިވާއިރު، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ތާޢީދުކުރައްވާނީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ކެނޑިޑޭޓުންނަށްކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ، ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމްކުރުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅުގެ ދަށުން ޕެޓިޝަނެއްގައި ސޮއިކުރުމުގެ މަސައްކަތްތަކެއް ފަށްޓަވާފައިވާ ދަނޑިވަޅެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ގޮވާލާ ރައީސަށް ހުށައަޅާ ޕެޓިޝަންގައި ވީހާވެސް ގިނަ މެމްބަރުން ސޮއިކުރުމަށް އެދިވަޑައިގެންފައެވެ. އަދި މި ޕެޓިޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ހިޔާލު